ބެޑްމިންޓަން އޭޝިޔާ ކޮންފެޑަރޭޝަންގެ (ބީއޭސީ)ގެ ސެކެރެޓަރީ ޖެނެރަލަކަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އިންތިހާބުކޮށްފިއެވެ.
ބީއޭސީގެ ސެކެރެޓަރީ ޖެނެރަލަކަށް މޫސަ އިންތިހާބްކޮށްފައިވަނީ މިއަދު ހެދުނު ޗައިނާގައި ކުރިއަށްދިޔަ ބެޑްމިންޓަން އޭޝިޔާ ކޮންފެޑަރޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ. މޫސަ މި މަޤާމަށް އިންތިހާބުވެފައިވަނީ ހޮންކޮންގެ ޓޮން ވައި ލިންއާއި ވާދަކޮށެވެ.
މި އިންތިހާބުގައި އޭޝިޔާގެ 40 ގައުމަކުން ވޯޓްލާފައިވެއެވެ. މޫސަ މި މަޤާމަށް އިންތިހާބުވީ 27 ވޯޓާއި އެކުއެވެ. މޫސައާއި ވާދަކުރި ހޮންކޮންގެ ޓޮން ވައި ލިންއަށް ލިބުނީ 13 ވޯޓެވެ.
މިއީ ރާއްޖޭގެ މެންބަރަކު ބީއޭސީގެ އިސްމަޤާމަކަށް އިންތިހާބުވި ފުރަތަމަ ފަހަރުއެވެ. މޫސަ މި މަޤާމުގެ ދައުރަކީ 4 އަހަރު ދުވަހެވެ.
ބެޑްމިންޓަން އޭޝިޔާ ކޮންފެޑަރޭޝަންއަކީ އޭޝިޔާގެ ބެޑްމިންޓަންގެ މައި އިދާރާއެވެ.