މަސްތުވާތަކެއްޗާއެކު ހޮޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި

‎މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ.ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ހޮޅުދޫއިން ދެމީހަކުު ހައްޔަރުކޮށްފިއެވެ.
‎ހޮޅުދޫގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ބޭނުންކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ.
‎ފެބުރުވަރީ 06 ވަނަ ދުވަހުގެ 19:14 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހޮޅުދޫގެ ގެއެއް، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ވަނީ ފެނިފައިވެއެވެ.
‎މި މައްސަލަ ނ.ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރައް ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ