ވައިކަރަދޫގައި ފެން ނެތިގެން މުޒާހަރާ ކުރަނީ

ހދ. ވައިކަރަދޫއިން ބޯފެން ހުސްވުމުގެ ސަބަބުން ރައްޔިތުން އެކަމުގެ ނުރުހުން ފާޅުކޮށް އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ފެށުމާ ވާހަކަދައްމަން އެރަށު މީހަކު ބުނީ ފެން ހުސްވިތާ މިއަދަށް ހަތަރުވަރަކަށް ދުވަސް ވެފައި ވާކަމަށާއި ރަމަޟާން މަސް ފެށުމުގެ ކުރިން ފެން ހުސްވަމުން އަންނަ ކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައި ވާނެކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކައުންސިލުންވަނީ ފެނަކައިގައި ފެނަށް އެދިފައެވެ. ނަމަވެސް ފެން ހުސްވި އިރުވެސް ވައިކަރަދޫ އަށް ފެން ލިބިފައެއް ނުވެއެވެ.

މިކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން މިރޭވަނީ ވައިކަރަދޫ ކައުންސިލް ކުރިމަތީގައާއި އަދި ފެނަކަ ކުރިމަތީ ރައްޔިތުންގެ ބަޔަކު ނިކުމެ ބެނާ ދަމާފައެވެ. އަދި މާދަމާ އިހުތިޖާދު ކުރުމަށް ނިކުތުމަށް ތައްޔާރުވަމުންދާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު މިނޫހަށް މައުލޫމާތު ދެއްވިއެވެ.

ވައިކަރަދޫ އަކީ އިރުވައި މޫސުމުގައި ސާފު ބޯފެން ހުސްވުމުގެ މައްސަލަ ކުރިމަތިވާ ރަށެކެވެ. އަދި މިރަށަކީ މިފަދަ މައްސަލަތައް ދިމާވާ ރައްތަކަށް ސަރުކާރުން އާރް އޯ ފެންޕުލާންޓް ގާއިމް ކޮށްދޭން ހިންގާ ޕްރަޖެކްޓުގެ ދަށުން އާރް އޯ ފެންޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ރަށެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ