ޖަނަވާރުންގެ ތެރެއިން އިންސާނުންނަށް އަބަދުވެސް އެންމެ ވަފާތެރި އެއް ޖަނަވާރަކީ ކުއްތާއެކެވެ. އެގޮތުން ކެރެލާގެ "ކޮއްތަޔަމް" ސިޓީގައި، ކުއްތާއެއް އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލާ އިންސާނުންތަކެއް ސަލާމަތްކުރުމަށްޓަކައި ކަރަންޓު ވައިރެއްގައި ދަތް އެޅުމުގެ ސަބަބުން އެ ކުއްތާ މަރުވި ހާދިސާއެއް ހިނގާފިއެވެ.
މި ހާދިސާ ހިނގީ، ކޮއްތަޔަމްގެ "ވަޒްހޫރް" ަނަމަކަށް ކިޔާ މަގެއްގައެވެ. އޮޅުކޮށްގެން ގެންގުޅޭ އެ ކުއްތާގެ ނަމަކީ "އައްޕު" އެވެ. އަދި އާއްމުކޮށް ކޮންމެ ދުވަހަކުވެސް އައްޕު އޭނަގެ ވެރިފަރާތް، އަޖޭއާއިއެކު ހެނދުނު ހިނގާލަންދާއިރު، އެ ހާދިސާ ހިނގި ދުވަހު ކުއްތާއާއި އަޖޭ އަދި އޭނަގެ 5 އަހަރުގެ ފިރިހެން ދަރިފުޅާއި ހެނދުނު ހިނގާލަން ނުކުމެއުޅުމަށްފަހު އެ މަގުން ލައިގެން ދިޔައީ ހެނދުގެ ސަޔަށް ކިރު ގަންނާށެވެ. އަދި އެ މަގުން ލާފައި ދިޔައިރު، އެ މަގުގައި ކަރަންޓް ހުރި ވަޔަރެއް ވެއްޓިފައި އޮތެވެ. އަދި އެ ވަޔަރު ހުރަސްކޮށް އެމީހުން ދިޔަ ނަމަވެސް، ކުއްތާ ގޮސް އެ ވަޔަރު އަނގައި ނަގައި މަގުން އެއްކައިރި ކުރީ އޭގެން އެހެން އިންސާނަކަށް އަނިޔާއެއް ވެދާނެތީއެވެ.
ނަމަވެސް ކަންދިމާކުރި ގޮތުން އެ ކުއްތާ ކަރަންޓުގައި ޖެހި މަރުވީ އޭނަގެ ވެރިފަރާތް އެޖޭގެ ކުރިމަތީގައި ކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
މައުލޫމާތު ލިބޭގޮތުގައި، މި ކުއްތާ އަޖޭގެ އާއިލާއާއިއެކު ދިރިއުޅޭތާ މިހާރު ދެ އަހަރު ދުވަސްވެދާނެއެވެ.
މިި ހާދިސާއަށްފަހު، ދާދިފަހަކުން ހިނގި އެކްސިޑެންޓެއްގައި ކުއްތާގެ ވެރިފަރާތް އަޖޭ، ބަލި އެނދުގައި އޮތްކަމަށްވެސް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.



