ކުރިން އެކްސިޑެންޓްވި ހާދިސާއެއްގެ ފޮޓޯ

މިދިޔަ ހަފްތާގައި އެކަނި މާލޭގައި 47 އެކްސިޑެންޓް

މިދިޔަ ހަފްތާ ތެރޭގައި މާލޭގައި 47 އެކްސިޑެންޓް ހިނގައިފައި ވާކަމަށް ޓުރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އާންމުކުރި މި މައުލޫމާތު ތަކުން އިނގޭ ގޮތުގައި މިމަހު 18 އިން 24 އަށް 47 އެކްސިޑެންޓް ހިނގި އިރު، އޭގެ ތެރެއިން 06 އެކްސިޑެންޓެއްގައި މީހުންނަށް އަނިޔާވެފައިވެ އެވެ. 

މީގެ އިތުރުން ލައިސެންސް ނެތި ދުއްވުމުގެ 85 މައްސަލައަކާ، ވެހިކަލް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރު ސްޕީޑެއްގައި ދުއްވައިގެން 20 މައްސަލައަކާ، 18 އަހަރު ނުފުރޭ ކުދިން އެއްގަމު އުޅަނދު ދުއްވި އެއް މައްސަލައަކާ، އަދި ވަންވޭގެ ގަވާއިދާއި ޓުރެފިކް ލައިޓުގެ ގަވާއިދާ ހިލާފުވި 07 މައްސަލައެއް މި ތަފާސް ހިސާބުގައި ފާހަގަ ކޮށްފައި ވެއެވެ.

މި މުއްދަތުގައި އެއްގަމު ދަތުރުފަތުރުކުރާ 366 ވެހިކަލް ބަލައި ފާސަކޮށްފައިވާކަމަށް ވެސް މި ތަފާސް ހިސާބުން ދައްކައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ