ހުޅުމާލެ ހޮސްޕިޓަލްގެ ނަރުހުންނާއި އެޓެންޑެންޓުން ކުރި މުޒާހަރާ | ފޮޓޯ: ވަގުތު

ރަނގަޅަށް އެޅުނު ފިޔަވަޅެއް ނޫންކަމަށް ބުނެ މަގާމު ދަށްކުރި ނަރުހުންނަށް ކުރީގެ މަގާމު ދީފި

ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދޭން ސަރުކާރުން ހަމަޖެއްސި "ފްރޮންލައިން އެލަވަންސް" ދިނުމުގައި ސަރުކާރުން ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތުކޮށް ހުޅުމާލެ ހޮސްޕިޓަލުގެ ނަރުހުންނާއި އެޓެންޑެންޓުން ކުރި އިޙްތިޖާޖާއި ގުޅިގެން މަގާމު ދަށްކުރި ނަރުހުންނަށް އަލުން އަނބުރާ އެމަގާމު ދީފިއެވެ.

ނަރުހުންނާއި، އެޓެންޑެންޓުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 40 މުވައްޒަފަކު ބައިވެރިވި އެ އިހްތިޖާޖާއި ގުޅިގެން މާގާމު ދަށްކުރި ނަރުހުންނަށް އަލުން އަނބުރާ ކުރިން ހުރިނ މަގާމު ދޭން ނިންމިކަން އަންގާފައިވަނީ ސީއީއޯ ސޮއިކޮށް ފޮނުވި ލިޔުމެއްގައި ކަމަށް އޮންލައިން ނޫސް ވަގުތުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އެނޫހުން ބުނެފައިވާ ގޮތުގައި ނަރުހުންގެ މަގާމު ދަށްކުރަން ނިންމި ނިންމުމަކީ ރަނގަޅަށް އެޅުނު ފިޔަވަޅެއް ނޫންކަމަށް ގަބޫލުކުރާތީ ކުރިން ނަރުހުން ތިބި ވަޒީފާ އަށް އެމީހުން އިއާދަކުރާ ކަމަށް، އެ ނަރުހުންނަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

އެ އިހްތިޖާޖުގައި ބައިވެރިވި ނަރުހުން ވަނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންމެ ހައިރިސްކް، ފަރާތްތަކަށް ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާގެ އެލަވަންސް އެއް ދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރ އަބްދުﷲ އަމީރު ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ