ދުންފަތުގެ ޤާނޫނާ ޚިލާފުވި 24 ފަރާތަކެއް ޖޫރިމަނާކޮށްފި

ދުންތަފް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާ ޚިލާފުވި 24 ފަރާތެއް ޖޫރިމަނާ ކޮށްފިއެވެ.

ތިމާވެށި ފުލުހުންގެ ވޭތުވެދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅިގެން ބައެއް ތަންތަނާއި މީހުން ހިމެނޭހެން 24 ފަރާތެއް ޖޫރިމަނާ ކޮށްފައިވެއެވެ.

ތިމާވެށި ފުލުހުންގެ މަސައްކަތުގެ ތަފާސްހިސާބުތައް ކޮންމެ ހަފްތާއަކު އާއްމުކުރަމުންދާއިރު، ފުލުހުން ވަނީ ވޭތުވެދިޔަ ހަފްތާގައި ކުނި ނައްތާލުމުގެ ގަވާއިދާ ހިލާފުވެގެން 11 ފަރާތެއްވެސް ޖޫރިމަނާ ކޮށްފައެވެ. އަދި ކުނީގެ މައްސަލަތަކާއި ގުޅިގެން 68 ފަރާތަކަށް ނަސޭހަތް ދީފައި ވެއެވެ.

ކުނީގެ މައްސަލަތަކަކީ މާލޭގައި ހައްލުކުރުން ދަތިވެފައިވާ މައްސަލައެކެވެ. ސަރުކާރުން މިކަމަށްޓަކައި ހާއްސަ ކުންފުންޏެއް ހަދައި ކުނި ނަގައި ނައްތާލުމުގެ މަސައްކަތް ކުރަމުން ދިޔަނަމަވެސް މިމައްސަލައަށް އަދިއަދަށް ދަންދެންވެސް ވަނީ ހައްލެއް ނައިސްފައެވެ.

ފުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކޮށްގެން 24 ފަރާތެއް ޖޫރިމަނާ ކުރިއިރު، މިހިނގާ މެއި މަހުގެ 31 އިން ފެށިގެން ވަކި ސިނގިރެޓް ވިއްކުންވެސް މަނާވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ