މެއި 13 ވަނަ ދުވަހު މެދު ރާއްޖެތެރޭގެ ރަށެއްގައި ވިހެއި އުމުރުން 15 އަހަރުގެ ކުއްޖާގެ ދަރިފުޅުގެ ޕޯސްޓްމޯޓަމް އިންޑިޔާގައި ހަދައިފިއެވެ.
މީޑިއާ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، 15 އަހަރު ކުއްޖާ ވިހެއި ދަރިފުޅުގެ ޕޯސްޓްމޯޓަމް ހަދާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ޓްރިވިންޑްރަމްގައި ކަމަށެވެ. އަދި ކުއްޖާގެ ހަށިގަނޑު މާލެ ގެނެސް އިއްޔެ އާސަރަހާގައި ވަޅުލާފައިވާކަމަށެވެ.
އުމުރުން 15 އަހަރުގެ އެކުއްޖާ ވިހާފައި ވަނީ ގޭގައެވެ. އެ ކުއްޖާ ވިހެއުމަށް މަސައްކަތްކޮށްފައި ވަނީ އެ ކުއްޖާގެ މަންމައާއި އެކުއްޖާގެ ލޯބިވެރިޔާއެވެ. ވިހެއުމުގެ ތެރޭގައި ދަރިފުޅުވަނީ މަރުވެފައެވެ.
15 އަހަރުގެ އަންހެން ކުއްޖާގެ 20 އަހަރުގެ ލޯބިވެރިޔާ ދިރިއުޅެމުން އަންނީ އެ ކުއްޖާގެ މަންމައާ ވެސް އެކު، އެއް ގެޔެއްގަ އެވެ.