ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ސިވިލް ކޯޓު ޤާޟީގެ މައްސަލައެއް ބަލަނީ

ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ސިވިލް ކޯޓުގެ ޤާޟީ ޒުބައިރު މުޙައްމަދުގެ މައްސަލައެއް ބަލަމުންދާކަމަށް ޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ޤާޟީ ޒުބައިރު މުޙައްމަދު ސިޔާސީ ހަރަކާތްތަކާއި ޖަމިއްޔާއެއްގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވާކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ.

އަދި މައްސަލައެއް ތަޙްޤީޤުކުރުމަށް މައްސަލައަށް ގޮތެއް ނިންމާ ކޮމިޓީއިން ނިންމުމާ ގުޅިގެން، 09 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ މި އަހަރުގެ 65 ވަނަ ބައްދަލުވުމުގައި މިމައްސަލަ ބަލަން ތަޙްޤީޤު ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާކަމަށްވެސް ޖޭއެސްސީގެ މިބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ