މިސްޓަ މޯލްޑިވްސް 2020 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ މިސްޓަ މޯލްޑިވްސް 2020 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުބާރާތުގެ ރެޖިސްޓްރޭޝަން މިއަދުން ފެށިގެން އާއްމުކޮށް ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ 1 މާޗް 2020 ވާ އާދިއްތަ ދުވަހުގެ 14:00 އަށެވެ. 

އެދުވަހުގެ ކުރިން އެސޯސިއޭޝަނަށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހަޅަންވާނެ ކަމަށާއި އަދި ފޯމް ގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ނުވާ ނަމަ ބަލައި ނުގަނެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އެ އެސޯސިއޭޝަނުން އިންތިޒާމް ކުރާ ގައުމީ މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ