އެނބުރި އަންނާނަމޭ ބުނީ ހަތް އަހަރު ކުރިން މިއަދު - ނަޝީދު

އެނބުރި އަންނާނަމޭ ބުނީ ހަތް އަހަރު ކުރިން މިއަދު ކަމަށް ވިދާޅުވެ ރައީސް ނަޝީދުވެ ވެރިކަން ވެއްޓުނު ދުވަހުގެ ހަނދާންތައް އެމަނިކުފާނު އާކުރައްވައިފިއެވެ.

ތިން އަހަރާ ދުވަސްކޮޅަކު ވެރިކަން ކުރެއްވިތަނާ ކުރިމަތިވި ސިޔާސީ ވަރުގަދަ ރާޅުގައި، އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދުވަސް ހަނދާން އާކުރައްވަމުން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އޮޑި ނުފެތޭނެ ކަމަށާއި، އަޒުމް ނުގުޑާނެ ކަމަށާއި، ފިކުރު ރާއްޖެއަކުން ނުފުހެވޭނެ ކަމަށް އަދި އެނބުރި އަންނާނެ ކަމަށް އެމްޑީޕީން ބުނީ މީގެ ހަތް އަހަރު ކުރިން ކަމަށްވެ.

"މީގެ ހަތް އަހަރު ކުރިން މިދުވަހު އެމްޑީޕީން ބުނި ބުނުން، މި އޮޑިއެއް ނުފެތޭނެ، މި އަޒުމެއް ނުގުޑާނެ، މި ފިކުރެއް ރާއްޖެއަކުން ނުފުހެވޭނެ، އަޅުގަނޑުމެން އެނބުރި އަންނާނަމޭ." ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވީ، މިއަދު މިއަދު އެމްޑީޕީ އެނބުރި އައީ މާ އުފާވެރި ޚަބަރަކާއެކު ކަމަށެވެ.

"މިއަދު އެމްޑީޕީ މިތިބީ އެނބުރި އައިސް އަދި މާ އުފާވެރި ޚަބަރަކާއެކު. އެޖެންޑާ19 އާއެކު. އެމްޑީޕީއަށް ވޯޓް ދެއްވާ، ރާއްޖެ ސަލާމަތް ކުރައްވާ." ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ނަޝީދުގެ މި މުނާސަބު ޓްވީޓާއެކު ގިނަ ބަޔަކު ހަތެއް ފެބްރުއަރީގެ ހަނދާންތައް އާކޮށްފައިވެއެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެދުވަހު ނަޝީދު އިސްތިއުފާ ދެއްވުން އެއީ ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ހެޔޮކަމެއް ކަމަށެވެ. އަދި ފުހެވިގެން ދިޔައީ ކުރީގެ ރައީސް ޔާމީންގެ ފިޔާތޮށި ކުލަ ކަމަށްވެސް އެ ޓްވީޓަށް ކޮމެންޓް ކުރެއްވި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

7 ފެބުރުވަރީ 2012 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި ކަޅު ދުވަހެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ