ފެށުން "ބަދިގެތެރޭން" މިފަހަރު މި ގެނެސްދެނީ ބަޓަރު ކޭކް ތައްޔާރުޖުރާނެގޮތެވެ.
ބޭނުންވާތަކެތި:
- ½ ޖޯޑު ބަޓަރު
- ½ ޖޯޑު ހަކުރު
- ½ 1 ޖޯޑު ފުއް
- 3 ބިސް
- 1 މސ ވެނީލާ އެސެންސް
- 2 މސ ބޭކިން ޕައުޑަރ
ތައްޔާރުކުރާނެގޮތް:
ފުރަތަމަ ތަށްޓެއްގެ ތެރެއަށް ހަކުރާއި ބަޓަރު އެޅުމަށްފަހު ރަނގަޅަށް އެއްކުރާށެވެ. އެއަށްފަހު ފަހަރަކު ބިހެއް އޭގެތެރެއަށް އަޅައިގެން އެއްކުރަމުން ގެންދާށެވެ. އަދި ވެނީލާ އެސެންސްވެސް އެއްކޮށްލުމަށްފަހު ފުށާއި ބޭކިން ޕައުޑާ އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ދެން އެއަށްފަހު ކޭކް ފިހާ ޓްރޭއަކަށް ބަޓަރު ހާކާފައި ފުށްކޮޅެއް ބުރުވާލާފައި ކުޑައިރުކޮޅަކު ބެހެއްޓުމަށްފަހު ތައްޔާރުކުރި ކޭކް ކްރީމްގަނޑު އޭގެތެރެއަށް އަޅާ އަވަނުން ފިހެލާށެވެ.





ހިޔާލު
ހަކުރު މަދެއްނޫންތަ؟ 1 ކަޕް އޯރ 1/2 ކަޕް؟