ދުނިޔޭގެ އެންމެ އަގު ބޮޑު ޕަބްލިކް ކުންފުނި އެމޭޒަންގެ 25 ޑޮލަރުގެ ގިފްޓް ކާޑެއް އެންމެ ބައިގަޑި އިރުގެ ތެރޭގައި ހޯދިދާނެ ގޮތެއް އެކުންފުނިން ހާމަކޮށްފިއެވެ.
މިގޮތުން މި ގިފްޓް ކާޑު ހޯދަން ބޭނުންވާ ފަރާތްތަކުން އެފަރާތެއްގެ މުޅި ހަށިގަނޑު 3ޑީ ސުކޭން ކުރުމުގެ ހުއްދަ އެމޭޒަން ކުންފުންޏަށް ދޭންވީއެވެ. މިކަމަށް ހޭދަވާނެ ކަމަށް އެކުންފުނިން ބުނަނީ ބައިގަޑިއިރެވެ.
ނަމަވެސް މިހަރަކާތް ކުރިއަށްދަނީ އެމެރިކާގެ ނިއުޔޫކުގައެވެ. މިހަރަކާތުގައި ބައިވެރިވާ ފަރާތްތައް ބޭނުން ކޮށްގެން ނެގޭ މައުލޫމާތު ހަމައެކަނި ބޭނުން ކުރެވޭނީ ކުންފުނީގެ ތަހުލީލުތައް ކުރުމަށް އެކަނި ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
އެމޭޒަން ކުންފުނިން މިފަދަ ތަހުލީލެއް ކުރާ މައިގަނޑު ސަބަބެއް ހާމަކޮށަފައެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން 3ޑީ ސުކޭން އެމޭޒަން އިން ބޭނުންކުރާނީ އެކުންފުނީގެ އެކޯލުކް ކެމަރާގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައެވެ.
ކޮންމެޔަކަސް މިއީ ކުޑަ ވަގުތު ކޮޅަކުން އެމޭޒަންގެ ގިފްޓް ކާޑެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ.



