އެއާޕޯޓް އޮފިޝަލެއްގެ ކަންކަށިމަތީ ޖެހި އަންހެން މީހާ ހައްޔަރުކޮށްފި

އިނގިރޭސި ވިލާތައް ނިސްބަތްވާ 42 އަހަރުގެ އަންހެނަކު، އިންޑަނޭޝިއާގެ ބާލީ އެއަރޕޯޓްގައި މަސައްކަތްކުރާ އިމިގުރޭޝަން އޮފިޝަލެއްގެ މޫނުމަތީ ޖެހުމުގެ ސަބަބުން ހައްޔަރު ކޮށްފިއެވެ.

މިއަންހެން މީހާ އިމިގުރޭޝަން އޮފިޝަލަށް ހަމަލާދީފައިވަނީ އޭނާގެ ވިސާ ހަމަވެފައިވާތީވެ އިމިގުރޭޝަން އޮފިޝަލް ޕާސްޕޯޓް ހިފަހައްޓާ 3500 ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ބުނުމުންނެވެ.

މިހާދިސާ ހިނގައި ދިޔަގޮތުގެ ވީޑިއޯ މިހާރުވަނީ އިންޓަރނެޓްގައި ދައުރުވާން ފަށާފައެވެ. މިވީޑިއޯ އިން ފެންނަ ގޮތުގައި މިއަންހެން މީހާ އިމިގުރޭޝަން އޮފިޝަލްއާއި މުހާތަބުކުރުމަށް ބޭއަދަބީ ބަސްތައް ބޭނުންކޮށްފައި ވެއެވެ. އަދި އިމިގުރޭޝަން އޮފިޝަލްއަށް ހަމަލާދީފައި ވެއެވެ.

މިމައްސަލަ ބެލުމަށްފަހު އިންޑަނޭޝިއާ ކޯޓުން ވަނީ މިއަންހެން މީހާގެ މައްޗަށް ހަމަސް ދުވަހުގެ ޖަލުހުކުމެއް އިއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ