ބަދިގެތެރޭން – ބީފް ލަޒާގްނިޔާ

ފެށުން "ބަދިގެތެރޭން" މިފަހަރު މި ގެނެސްދެނީ ބީފް ލަޒާގްނިޔާ ތައްޔާރުކުރާނެގޮތެވެ.

ބޭނުންވާތަކެތި:

  • 2 ބިސް
  • 1/2 ޖޯޑު ބެސިލް ޕެސްޓޯ
  • 12 ލަޒާގްނިޔާ ނޫޑުލް
  • 1 ދަޅު ކާޑް ކޮޓޭޖް ޗީޒް
  • 2 1/2 ޖޯޑު މޮޒެރެއްލާ ޗީޒް މުގުރާފައި
  • 1 ސައިސަމުސާ ލޮނު
  • 0.5 ކިލޯ ގެރި މަސް
  • 1/2 ޖޯޑު ފިޔާ ކޮށާފައި
  • 28ގ ޓޮމާޓޯ އަދި ބެސިލް ޕާސްތާ ސޯސް

ތައްޔާރުކުރާނެގޮތް:

ލަޒާނިޔާ ތައްޔާރުކުރުމަށްޓަކައި ބޭނުންކުރާ ކަހަލަ މުށި ތައްޓެއްގައި ތެޔޮ ހޭކުމަށްފަހު ލަޒާނިޔާ ނޫޑުލިސް ފެކްތައް އަޅާލުމަށްފަހު އަވަނުގެ މަޑުގިނީގައި 10 މިނެޓް ހޫނުކޮށްލާށެވެ. ދެން ފިޔާކޮޅު ރަތްކޮށްލުމަށްފަހު ބީފްތައް އަޅާ 7 ވަރަކަށް މިނެޓް ހަނާކޮށްލުމަށްފަހު ޕާސްތާ ސޯސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ވަކިން ތައްޓެއްގައި ކޮޓޭޗް ޗީޒް، ބިސް، ބެސިލް ޕެސްޓޯ އަދި ލޮނު އަޅާ އެއްކޮށްލާށެވެ. އަދި 1 ޖޯޑު މޮޒެރެއްލާ އަޅާ އެއްކޮށްލާށެވެ.

ދެން މި ތަރުތީބުން ތަށީގައި އަތުރާށެވެ. ފުރަތަމަ 1 ޖޯޑު ބީފް މަސް، 3 ލަޒާނިޔާ ނޫޑުލް، 2 1/2 ޖޯޑު ޗީޒް މިކްސްޗާ، 3 ލަޒާނިޔާ ނޫޑުލް، 2 ޖޯޑު ބީފް މަސް، 3 ލަޒާނިޔާ ނޫޑުލް، ބާކީހުރި ޗީޒް މިކްސްޗާ، 3 ނޫޑުލް އަދި ބާކީ ހުރި ބީފް މަސް ދެން ބާކީހުރި މޮޒެރެއްލާ ޗީޒް މައްޗަށް އަޅާށެވެ. އެއަށްފަހު މަތީގައި ފޮއިލް އަޅައިގެން 45 މިނެޓް ބޭކް ކޮށްލުމަށްފަހު ފޮއިލް ނަގާފައި 20 މިނެޓް ފިހެލާށެވެ. ބީފް ލަޒާނިޔާ ތައްޔާރުވީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ