ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރޯދަވީއްލުމެއް ދެއްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ފަރާތުން ދެއްވި މި ޚާއްޞަ ރޯދަވީއްލުން ބާއްވަވާފައި ވަނީ އިއްޔެ ހަވީރު މުލީއާގެގައެވެ.

މި ރޯދަވީއްލުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިސްނެންގެވުމުގެ މަތިން ބޭއްވެވި ރޯދަވީއްލުމެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޥޭތުވެދިޔަ އަހަރުގެ ރަމަޟާން މަހު ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އެޑޮވޮކޭޓް ޗިލްރަންސް ރައިޓްސް (އާކު) އަދި ކުރުނބާ މޯލްޑިވްސް ރިސޯޓުންވެސް ޚާއްޞަ ރޯދަވީއްލުމެއް ދީފައިވެއެވެ.