އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކާ ގުޅޭ މުއާމަލާތްތައް ޓުއަރިޒަމް މިނިސްޓުރީން ހުއްޓުވުމުން ޖަމީލް އެކަމަށް ފާޑުކިޔައިފިއެވެ.
ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކުގެ ގޮތުގައި ތުހުމަތު ކުރެވޭ އެހެން ޕްރޮޖެކްޓްތައް ކަމަށްވާ އެނބޫދޫ މަޝްރޫއު އާއި ނަސަންދުރާ އާއި ނިއުޕޯޓްގެ މައްސަލަ ނުހުއްޓުވައި ހަމައެކަނި އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކާ ގުޅޭ މުއާމަލާތްތައް ހުއްޓުވުމުން އިންވެސްޓަރުންނާއި މަޝްރޫއުތަކަށް ފައިސާ ދޭ ފަރާތްތައް ރާއްޖޭގައި އިންވެސްޓް ކުރަން ޖެހިލުންވާނެ ކަމަށެވެ. އަދި މިފަދަ ކަމެއް ކުރުމުން ސަރުކާރަށް ގާނޫނީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
Decision by @TourismMv to halt transactions involving MMPRC leases is illegal & exposes govt to legal challenges & investors/lenders to uncertainty. Govt can’t act so erratically when Emboodhoo, Nasandura & Newport are cleared. Another instance of ill-advised decision-making. https://t.co/Bjar5Oe3M0
— Mohamed Jameel Ahmed (@MJameelAhmed) May 27, 2019
އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަޅު ރަށްރަށާއި ފަޅުތަކުގެ ގޮތުގައި 55 ތަން ވަނީ ދޫކޮށްފަ އެވެ. މިތަންތަނާ ގުޅޭ މުއާމަލާތްތައް ޓުއަރިޒަމް މިނިސްޓްރީންވަނީ ހުއްޓާލަން އަންގައިފައެވެ.