ސަންގު ޓީވީން ދެއްކި ޑުރާމާގެ މައްސަލައިގައި ޖަވާބުދާރީވާން އަންގައިފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސަންގު ޓީވީން ދެއްކި، "ރޯހާ ފުއްޓަރު"  ނަމަކަށް ކިޔާ ޑްރާމާ ސީރީޒްގެ އެޕިސޯޑެއްގައި ހިމެނޭ ގައިގޯޅި އަދި އިޖްތިމާއީ މިންގަނޑާއި ޚިލާފް މަންޒަރުތަކެއްގެ މައްސަލައިގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ޖަވާބުދާރީވާން އެ ޓީވީ އަށް އަންގައިފި އެވެ.

ސަންގު ޓީވީގެ ފަރާތުން ޖަވާބުދާރީވުމަށް އެންގީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ 2:00 ގެ ކުރިން ލިޔުމަކުންނެވެ. އަދި ޖަވާބުދާރީ ނުވާ ނަމަ، ލިބިފައިވާ ހެކިތަކުގެ އަލީގައި މައްސަލަ ބަލައި ނިންމާނެ ކަމަށް ވަނީ އެ ޓީވީ އަންގައިފަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ސަންގު ޓީވީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފޮނުވި ޑްރާމާ ސިލްސިލާ އެއްގައި މުޖުތަމައުގެ އާންމު އަހުލާގަށް ނުފެތޭ ބަދު އަހުލާގީ މަންޒަރުތަކެއް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ އެ ކަން ބަލަމުން އަންނަ ކަމަށެވެ.

ސަންގު ޓީވީން ދައްކާފައިވާ މި މަންޒަރު ތަކަކީ އިޖްތިމާއީ މިންގަނޑާއި ޚިލާފް މަންޒަރުތަކެއް ކަމަށްބުނެ، މީސްމީޑިޔާގައި ވަރަށް ގިނަ ބަޔަކުވެސް އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ