ކޮޗިން ފެރީ ވެގެންދާނީ އުތުރުގެ ތަރައްޤީއަަށް އައު ފެށުމަކަށް: ނިޒާރު

ރާއްޖެއާއި އިންޑިއާގެ ކޮޗިން އާ ދެމެދު ފަށާ ކާގޯ ފެރީގެ ޙިދުމަތް ވެގެންދާނީ، އުތުރުގެ އަތޮޅުތަކުގެ ރަށްތަކުގެ ތަރައްގީއަށް އާ ފެށުމަކަށްކަމަށް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ އަދި އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮޗިން-ކުޅުދުއްފުށި ފެރީގެ ނިޒާމު ވެގެންދާނީ އަތޮޅުތަކުގެ އިޤްތިސާދީ ކުރިއެރުމަށް ކުރީގެ ސަރުކާރުތަކުން ގެންގުޅޭ ޒަމާންވީ ހިފެހެއްޓިފައިވާ ސިޔާސަތުގެ ނިމުމަކަށްކަމަށެވެ.

އެގޮތުން މިއީ ރާއްޖޭގެ އުތުރުގެ ތަރައްޤީއަށް އާ ފެށުމަކަށްވާނެކަމަށް ވިދާޅުވެ، ނިޒާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ޝުކުރު ދަންނަވާފައެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އިއްޔެ އިފްތިތާހުކުރި ކާގޯ ފެރީއާގެ ހިދުމަތާއެކުވިޔަފާރިވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ އިއްޔެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ