ބައިނަލްއަގުވާމީ އިޝާރާތް ބަހުގެ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު، އިޝާރާތް ބަހުން ކުޑަކުދިންގެ ވާހަކައެއް ހުށަހަޅައި ދެއްވައިފިއެވެ.
ރައީސް އޮފީހުން އާއްމު ކުރުއްވި ވީޑއޯއެއްގައި އިޝާރާތުން މެޑަމް ފަޒުނާ ވަނީ ދުވަހުގެ މުނާސަބާތުގެ ހެޔޮ ދުއާ ތަހުނިޔާ އަރިސް ކުރައްވާފައެވެ. އަދި ހުރިހާ އެއްމެންވެސް އިޝާރާތް ބަހުން ކޮންމެވެސް މިންވަރެއް ދަސްކުރެއްވުމަށްވެސް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
ދުވަހާ ގުޅުވައި އެ ކަމަނާ ކުޑަކުދިންނަށް ވާހަކައެއް ވިދާޅުވ ދެއްވި އެވެ. "މީހާކާއި ގަސް" މި ވާހަކަ އެކަމަނާ ވިދާޅުވެ ދެއްވާފައި ވަނީ އިޝާރާތް ކުރައްވައިގެނެވެ.
މެޑަމް ފަޒްނާގެ މި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމަނާއަށް ތައުރީފުކުރައްވަމުންނެވެ.
On the occasion of #InternationalDayofSignLanguages, First Lady Fazna Ahmed tells a children’s story @deafmaldives pic.twitter.com/YsnKmv32H4
— The President's Office (@presidencymv) September 23, 2020
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިޝާރާތް ބަހުގެ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހެވެ.




