ކޮޗިން ފެރީގެ ސަބަބުން ތިލަދުންމަތީގައި މުޅިން އަލަށް އިގުތިސާދީ ހަރަކާތެއް އުފެދޭނެ: ފިއްޓެ

ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ބާއްވާ ކާގޯ ދަތުރުތައް ރަސްމީކޮށް ފަށައި މި ދަތުރުތަކުގެ ފުރަތަމަ ބޯޓު އިއްޔެ ކުޅުދުއްފުއްޓަށް އައިސްފައިވާއިރު މި ކާގޯ ފެރީގެ ސަބަބުން ތިލަދުންމަތީގައި މުޅިން އަލަށް އިގުތިސާދީ ހަރަކާތެއް އުފެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެއެވެ.

ފެށުން އޮންލައިން އަށް މައުލޫމާތު ދެމުން ފިއްޓެ ވިދާޅުވީ، ކޮޗިން ފެރީގެ ސަބަބުން ތިލަދުންމަތީގައި މުޅިން އަލަށް އިގުތިސާދީ ހަރަކާތެއް އުފެދޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި މީގެއިތުރުން އެންމެ ބޮޑު ކުރިއެރުމަކަށްވާނީ ތިލަދުންމަތީގައި ތިބި ވިޔަފާރިވެރިންނަށް އަދި އިތުރަށް ފުރަސަތުތަކެއް ހުޅުވިގެންދާދިއުން ކަމަށެވެ.

"މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭން މިޖެހެނީ ރިޓާން ހޯދުން، ފެރީ ރާއްޖެއިން ފުރައިގެން ދާއިރު ފެރީ ހުސްނޫން ގޮތަކަށް ފޮނުވާލެވޭނެ އިންތިޒާމް އެބަޖެހޭ ހަމަޖެހެން އެހެން ނޫންނަމަ ސަސްޓެއިނަބަލް ގޮތަކަށް މިކަން ކުރުމަށް ދަތިތަކެއް ހުއްނާނެ ކޮންމެ ކުންފުންޏަކުން ކުރިއަސް. ދިވެހި އުފެއްދުން އިންޑިއާއަށް ބޭރުކުރެވޭނެ އިންތިޒާމްތައް ހަމަޖެެއްސުމަށް ބޮޑުތިލަދުންމަތީގެ ރައްޔިތުން ތައްޔާރުވާންވީ ވަގުތުމީ އެހެން ނޫންނަމަ މީގެ އެންމެ ފުރިހަމަ ފައިދާ އަޅުގަނޑުމެންނަށް ނުނެގިދާނެ" ފިއްޓެ ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ކޮޗިން ފެރީއާއި ގުޅިގެން ދެކެވޭ ވާހަކަތަކަށް ރައްދުދެމުން ފިއްޓެ ވިދާޅުވީ، ކޮންމެ ކަމެއް އަލަށް ފަށާއިރު މިފަދަ ވާހަކަތަކެއް އަންނާނެކަން މިހާރު ދިވެހިން ގަބޫލުކުރާނެ ކަމަށާއި މިކަމާއި ގުޅިގެން މިހާ ނެގެޓިވް ކޮމެންޓްސް އަންނަނީ މާލެ ނޫން ގޮތެއް ހޯދަން ކުރާ މަސައްކަތުގެ ފެށުމަށް މިކަންވާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. "މިހެން ދައްނަވަންޖެހޭ ސަބަބަކީ މިއަދުވެސް ރާއްޖެއަށް މުދާ އެތެރެކުރަމުން މިދަނީ މާލެއާއި އިންޑިއާ ދޭތެރޭ ދަތުރުކުރާ ބޯޓުފަހަރުގައި. ސަޕްލައިކުރާ ގިނަ ތަންތަނުގައި މިވަގުތުވެސް ލީޑުކުރަންތިބީ އިންޑިއާގެ ގިނަ ރައްޔިތުން" ފިއްޓެ ވިދާޅުވިއެވެ.

އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން އޮޕަރޭޓްކުރާ ކާގޯ ބޯޓު، ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތަކާއެކު އިއްޔެ ކުޅުދުއްފުއްޓަށް އައިސްފައިވާއިރު މާލެ އަށް މިބޯޓު އައުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އޮއްޓަރު

    އެއްވެސް އޮއްޓަރެއް ނެތް ބޭކާރު ވާހަކަ އެއް. ހުސް ހޮޅި އަނގަ ތަޅާ ސޮރެއް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ