ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާނެ ނަމަކީ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ނިންމުމާއެކު ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ފޭސްބުކްގައި ތަފާތު ޕޯސްޓެއް ކުރައްވައިފިއެވެ.
ފަސްޓްލޭޑީ ފޭސްބުކްގައި މިރޭ އިނގިރޭސި ބަހުން ލިޔުއްވާފައި ވަނީ "ވަޓް އަ ސާކަސް" މިހެނެވެ. ފަސްޓްލޭޑީ އެހެން ވިދާޅުވިއިރު މަޖިލީހުގެ ރައީސް ކަމުގެ ރޭހާއެކު، އެމްޑީޕީގެތެރެ އޮތީ ވަރަށް ބޮޑަށް ދެ ބައިވެފައެވެ.
ރައީސް ނަޝީދާއި ފަސްޓްލޭޑީ ފަޒްނާއަކީ އެއް އާއިލާއެއްގެ ދެ ބޭފުޅުންނެވެ. މަޖިލީހުގެ ރައީސް ކަމަށް ގެންނާނެ ބޭފުޅަކާމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ހިޔާލު ތަފާތުވުމާއެކު، އެ އާއިލާގެ ތެރޭގައި ވެސް ނުތަނަވަސް ކަމެއް އުފުދުނެވެ. އަދި ސޯޝަލް މީޑިއާގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވި އެވެ.
ރައީސް ސޯލިހު، މަޖިލީހުގެ ރައީސް ކަމަށް ތާއީދު ކުރެއްވީ ހަސަން އަފީފަށެވެ. ރައީސް ނަޝީދު ތާއިދު ކުރެއްވީ މުހައްމަދު އަސްލަމަށެވެ. ނަމަވެސް މިރޭ ނަން ފާސްކުރުމަށް ބޭއްވި ޕީޖީ ބައްދަލުވުމުގައި އަސްލަމް ވަނީ އޭނާގެ ނަން ނަގައި، ރައީސް ނަޝީދުގެ ނަން ހުށަހަޅުއްވާފަ އެވެ.
އެ ހުށަހެޅުމަށް އަފީފް ވެސް ތާއީދު ކުރައްވައި އޭނާގެ ނަން ވެސް ނެންގެވި އެވެ. މަޖިލީހުގެ ރައީސް ކަމަށް ކެމްޕެއިން ކުރެއްވި ދެ ބޭފުޅުން ވެސް އެދިވަޑައިގެންނެވުމާއެކު ނަޝީދު ވަނީ "ގާތް ރަހުމަތެރިއަކަށް" ފޯނު ކޯލެއް ކުރެއްވުމަށްފަހު، އެ ހުށަހެޅުން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ބެލެވޭ ގޮތުގައި ރައީސް ނަޝީދު ގުޅުއްވީ ރައީސް ސޯލިހަށެވެ.
ހިޔާލު
ކަމަނާތަ ތިސުވާލު އުފައްދަނީ މުޅިގައުމު މިވަނީ ޗަރުކޭސް އަކަށް ވެފަ އެކަކަށް ވުރެއަނެ ކަކު މިކަމުގަ ކުރިއަރާ ދާ މަސައްކަތް ކުރާތަށް މިފެންނަނީ ފިރިކަލުންނައް ދަންނަވާއިސްތިއުފާދޭން .
ކޮމެންޓް ކުރުން ބަންދު