މިދައުރުގައި ރާއްޖޭގެ އަތޮޅަކުން ރަށާއި ފަރު އަދި ކަނޑޫފާތައް ހިމެނޭހެން 19 ސަރަހައްދެއް ހިމާޔަތްކުރެވިފައިވާކަމަށް އެންވަޔަމެންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެންވަޔަމެންޓް މިނިސްޓްރީން ވިދާޅުވީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭގޮތަށް ހިމާޔަތްކުރުމަށް ވަނީ ހިމަނާފައިކަމަށެވެ.
މީގެއިތުރުން މި ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން 2018 ވަނަ އަހަރުން ފެށިގެން މިއަދާއައި ހަމައަށް ހިމާޔަތްކޮށްފައި ސަރަހައްދުތަކުގެ ތަފްސީލުވެސް އެ މިނިސްޓްރީން ވަނީ ދީފައެވެ.
ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭގޮތަށް މިހާތަނަށް 19 ސަރަހައްދެއް ވަނީ ހިމާޔަތް ކުރެވިފައި.#protectedareas #environment pic.twitter.com/PZL4vpaifZ
— Ministry of Environment (@MoEnvmv) September 30, 2020
އެގޮތުން ރާއްޖޭގެ 6 އަތޮޅަކުން 11 ފަރާއި އަދި ފަޅު ހިމާޔަތްކޮށްފައިވާއިރު، 5 އަތޮޅަކުން 7 ރަށެއް ވަނީ ހިމާޔަތްކޮށްފައިކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މީގެ އިތުރުން 5 އަތޮޅަކުން 7 ކުޅި، ފާ ބިން ހިމާޔަތްކުރެވިފައިވާކަމަށް މިނިސްޓްރީން ހާމަކުރިއެވެ.



