ހއ އަދި ހދ އަތޮޅުގެ ފެރީގެ ޚިދްމަތްދޭނެ ފަރާތެއް ހޯދަނީ

އެމްޓީސީސީގެ އަތޮޅުތެރޭގެ ފެރީ ނިޒާމްގައި ޒޯން 1 ގެ ހއ. އަދި ހދ. އަތޮޅަށް ފެރީގެ ޚިދްމަތްދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. (އެމްޓީސީސީ) އިން އިޢުލާންކޮށްފިއެވެ.

އެކުންފުނިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، އެމްޓީސީސީގެ އަތޮޅުތެރޭގެ ފެރީ ނިޒާމްގައި ޒޯން 1 ގެ ހއ. އަދި ހދ. އަތޮޅަށް އަމިއްލަ އުޅަނދު އަދި ޚަރަދުގައި 02 އަހަރު ދުވަހުގެ މުއްދަތަށް ފެރީ ޚިދްމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އެހެންކަމުން މި ޚިދުމަތް ފޯރުކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށްވެސް އެމްޓީސީސީއިންވަނީ އެދިފައެވެ.

އެމްޓީސީސީއިން ބުނީ މައުލޫމާތު ސާފުކުރުން އޮންނާނީ 07 އޮކްޓޯބަރ 2020 ވާ ބުދަދުވަހުގެ 11:00 ގައިކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 އޮކްޓޯބަރ 2020 ވާ ބުދަދުވަހުގެ 11:00 ގައިކަމަށެވެ.

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށްކަމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިކަމަށް އެމްޓީސީސީގެ މިއިޢުލާނުގައި ވެއެވެ.

މީގެއިތުރުން މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެކަމަށްވެސް އެކުންފުނިންވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ