ބަދިގެތެރޭން – މެންގޯ ޗިއާ ޕުޑިން

ފެށުން "ބަދިގެތެރޭން" މިފަހަރު މި ގެނެސްދެނީ މެންގޯ ޗިއާ ޕުޑިން ތައްޔާރުކުރާނެގޮތެވެ.

ބޭނުންވާތަކެތި:

  • 1 1/2 ކާށި ކިރު ކްރީމް
  • 1/2 ޖޯޑު މެންގޯ ޕިއުރީ (އަނބު ޗަސްކޮށްފައި)
  • 2 މޭޒުމަތީ ސަމްސާ ޗިއާ ސީޑް
  • 2 މޭޒުމަތީ ސަމްސާ މާމުއި
  • 1/2 ޖޯޑު އަނބު ކިއުބްކޮށް ކޮށާފައި

ތައްޔާރުކުރާނެގޮތް:

މެންގޯ ޗިއާ ޕުޑިން ތައްޔާރުކުރުމަށްޓަކައި، ޗިއާ ސީޑްތައް ކުޑަ ފެންފޮދެއްގެ ތެރެއަށް ލައި ފޯކޮށްލާށެވެ. އެންމެ ރަނގަޅީ އެއް ރޭ ވަންދެން މިގޮތަށް ބެހެއްޓުމެވެ. އެއަށްފަހު ޗިއާ ސީޑްތަކަށް މާމުޔާއި ކާށި ކިރު ކްރީމްކޮޅު އަޅާލައި ރަނގަޅަށް މިކްސް ކޮށްލާށެވެ.

ދެން ބިއްލޫރި ތައްޓެއްގައި ނުވަތަ ފުޅިއެއްގައި، އަނބުކޮޅާއި ޗިއާ ސީޑްތައް، ފަހަރަކު އެއްޗެއް އަނެއް އެތީގެ މައްޗަށް އަޅާލައި، ލޭޔަރ ކޮށްލާށެވެ. މިފަދައިން މަދުވެގެން ދެ ފަހަރު ތަކުރާރު ކޮށްލާށެވެ. އަދި އެންމެފަހުން ގާނިޝްކޮށްލުމަށްޓަކައި އެންމެ މަތީ ލޭޔާއަށް ކިއުބްކޮށް ކޮށާފައި ހުރި އަނބުކޮޅު އަޅާލާށެވެ.

މިހާރު ހުންނާނީ މެންގޯ ޗިއާ ޕުޑިން ފުރިހަމައަށް ތައްޔާރުކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ