ފެށުން "ބަދިގެތެރޭން" މިފަހަރު މި ގެނެސްދެނީ ފެރާރޯ ޗީޒް ކޭކް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާތަކެތި:
- 85 ގްރާމް ހަކުރު
- 1/2 ސައިސަމްސާ ވެނީލާ އެސެންސް
- 1 1/2 ޖޯޑު ސަވާ ކްރީމް
- 1 1/2 ޖޯޑު ކްރީމް ޗީޒް
170 ގްރަމް ޑާކް ޗޮކްލެޓް
8 ފެރާރޯ ޗޮކްލެޓް - 5 މޭޒުމަތީ ސަމްސާ އަންސޯލްޓެޑް ބަޓަރު (ދިޔާކޮށްފައި)
4 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރު
200 ގްރާމް ހެޒަލްނަޓް - 1 ޖޯޑު ކޯންފްލޭކްސް ( ހިމުން ކޮށްފައި)
ތައްޔާރުކުރާނެގޮތް:
ފެރާރޯ ޗީޒް ކޭކް ތައްޔާރުކުރުމަށްޓަކައި، ކޯންފްލޭކްސް އާއި ބަޓަރު އަދި ކޮކޯ ޕައުޑަރު އެއްކޮށްލާށެވެ. ދެން ސްޕްރިމްގް ފޯމް ޕޭން އެއްގައި ކޯންފްލޭކްސްތައް އަޅާ ބޭސް ތައްޔާރުކޮށް، ސެޓް ކުރަން ފްރިޖަށް ލާށެވެ.
އަވަނުގައި ހެޒްލް ނަޓްތައް ޓޯސްޓް ކޮށްލާ، ފުޑް ޕްރޮސެސާއިން މުގުރާލާށެވެ. މީގެ ތެރެއަށް ވެނީލާ އެސެންސް ކްރީމް ޗީޒްގެ ދެބައިކުޅަ އެއްބައި އަދި ސަވަރ ކްރީމްގެ ދެބައިކުޅަ އެއްބައި އަޅާ އެއްކޮށްލާށެވެ. މި ޕޭސްޓްގަނޑު ކޯންފްލޭކްސް ބޭސްގެ މައްޗަށް އަޅާ ފަތުރާލާށެވެ. އަނެއްކާވެސް ސެޓްކުރަން އަލަމާރީގައި ބަހައްޓާލާށެވެ.
ދެން ޗޮކްލެޓް ދިޔާކޮށް ބާކީ ހުރި ކްރީމް ޗީޒާއި ސަވަރ ކްރީމް އާ އެއްކޮށްލާށެވެ. މި ބައިވެސް ކުރިން ތައްޔާރުކުރި ލޭޔަރުގެ މައްޗަށް އަރާ، ފެރާރޯ ޗޮކްލެޓުތައް މަތީގައި އަތުރާލާ އަނެއްކާވެސް އަލަމާރިއަށް ލާށެވެ. ބައި ގަޑިއެއްހައިރު ފަހުން ހުންނާނީ ކާން ފަސޭހަވަރަކަށް ސެޓްވެފައެވެ.




