ސެލްފީ ނަގަނިކޮށް 4 ބުރީގެ އިމާރާތަކުން 2 ކުދިން ވެއްޓިއްޖެ

 

ޕިލަޑެލްޕިއާގެ 4 ބުރީގެ އިމާރާތެއްގައި އޮތް ޕާޓީއެއްގައި ސެލްފީ ނަގަން އުޅެނިކޮށް ކޮލެޖްގައި ކިޔަވަމުންދާ 2 ކުދިން ވެއްޓިއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ގާތްގަނޑަކަށް ހުކުރު ދުވަހުގެ ރޭ ދަންވަރު 2 ޖަހާކަށް ހާއިރު ޓެމްޕަލް ޔުނިވާސިޓީގައި ކިޔަވާ ކުދިންތައް ބޭއްވި ޕާޓީއެއްގެ ތެރެއިންނެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ވެއްޓިފައިވަނީ 19 އަހަރުގެ ދެ އަންހެން ކުދިންނެވެ. އަދި މި ދެމީހުން ވެއްޓުނު އިރު އުޅުނީ ސެލްފީ ނަގަން ކަމަށާއި ނަމަވެސް ކޮންމެސް ގޮތަކުން ވެއްޓުނީ ކަމަށެވެ.

މި ދެ ކުދިން ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ވެއްޓުނު އެކަކުގެ ފަޔަށް އަދި ކަކުލަށް އަނިޔާ ލިބިފައެވެ. އަދި އަނެއް ކުއްޖާގެ އެކި ތަންތަނަށް އަނިޔާވެފައިވާއިރު ހާލު ސީރިއަސްއެވެ.

ޓެމްޕަލް ޔުނިވާސިޓީގެ ފުލުހުން ޕިލަޑެލްޕިއާގެ ފުލުހުންގެ އެހީގައި މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ