ރާއްޖޭގެ ތަޖުރިބާކާރު ފޯވާޑު ޢަލީ ފާސިރު (ސެންޓޭ) އޭނާގެ ފުރަތަމަ ކްލަބް، ކްލަބް އީގަލްސްއާއި ގުޅިއްޖެއެވެ.
މިދިޔައަރު ނިއުރޭޑިއަންޓުން ފެނިގެންދިޔަ ސެންޓޭ ކެރިއަރުގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ އެކްލަބްގައެވެ.
ސެންޓޭއަކީ ރާއްޖޭގެ ފުޓްބޯޅައިގެ ނަން މަޝްހޫރު މޫނެކެވެ. ޤައުމީ ޓީމުގައިވެސް މުހިންމު ރޯލެއް އަދާކޮށްފައިވަ ސެންޓޭއަކީ ރާއްޖޭ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ރަންބޫޓްވެސް ޙާސިލްކޮށްފައިވާ ތަޖުރިބާކާރު ފޯވާޑެކެވެ.
މިދިޔަ އަހަރުގެ ނިއުގެ ވައިސް ކެޕްޓަން ސެންޓޭ ކްލަބް އީގަލްސްއާއި ގުޅިފައިވާއިރު، އެފްއޭއެމްގެ ސަސްޕެންޝަންގެ ސަބަބުން ކުރިއަށްއޮތް ސީޒަންގައި ނިއު ފެންނާނެކަމަކަށް ނުބެލެވެއެވެ.
ބ.އޭދަފުއްޓަށް އުފަން ސެންޓޭ ފުރަތަމަ ޑިވިޝަނަށް ގެނެސްދިން ޓީމަކީ ކްލަބް އީގަލްސްއެވެ. އޭގެއިތުރުން އޯލް ޔޫތު ލިންކޭޖް، ވެލެންސިއާ އަދި ވިކްޓަރީއަށްވެސް ސެންޓޭ ކުޅެދީފައިވެއެވެ.
ޤައުމީ ޓީމާއެކު ސެންޓޭ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާލާއިރު 2014 ވަނަ އަހަރުގެ ޤައުމީ ޓީމާއެކު އޭއެފްސީ ޗެލެންޖު ކަޕުގެ ރިހި މެޑަލް ހޯދާފައިވެއެވެ. އަދި މިދިޔަ އަހަރު ކުޅެވުނު ސާފު ޗެމްޕިއަންޝިޕްގައި ޤައުމީ ޓީމުގެ ރަންމެޑަލް ނެގިއިރު ފައިނަލް މެޗުގައި ސެންޓޭވަނީ އިންޑިއާކޮޅަށް ލަނޑެއްވެސް ޖަހައިދީފައެވެ.
ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމަށް ކްލަބްތަކުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.