ގޮތްނޭނގޭ އެތައް ހާދިސާތަކެއް މީގެ ކުރިން ހިނގާފައިވާ، އުތުރު އެޓްލާންޓިކް ކަނޑުގެ ސަރަޙައްދެއް ކަމަށްވާ "ބާމިއުޑާ ޓްރޭންގަލް"އަށް ގެއްލުނު ބޯޓެއް، އެ ބޯޓު ގެއްލުނުތާ 90 އަހަރު ފަހުން ފެނިފައިވާކަމުގެ ޙަބަރު ވަނީ ގާތްގަނޑަކަށް މީގެ 4 އަހަރުކުރިން ފެތުރިފައެވެ.
މުދާ އުފުލާ ބޯޓެއް ކަމުގައިވާ "އެސްއެސް ކޮޓޯޕެކްސީ" ނަމަކަށް ކިޔާ މި ބޯޓު ގެއްލުނީ 1925 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ނަމަވެސް ކިއުބާގެ ކިއުބަން ކޯސްޓް ގާޑުން އިއުލާންކޮށްފައިވާގޮތުގައި، އެއްވެސް މީހަކު ނެތް ބޮޑު ބޯޓެއް ވަނީ ފެނިފައެވެ، އަދި ބެލެވޭގޮތުގައި އެއީ މީގެ 90 އަހަރު ކުރިން ގެއްލުނު "އެސްއެސް ކޮޓޯޕެކްސީ"ކަމަށް އެމީހުން ލަފާކޮށްފައިވެއެވެ.
ކިއުބާގެ އިދާރާތަކަށް މި ބޯޓު އެންމެ ފުރަތަމަ ފެނިފައިވަނީ މެއި މަހުގެ 16 ގައި ކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން އެ ބޯޓު ފެނިފައިވަނީ ހަވާނާގެ ހުޅަނގުން، މަނާކޮށްފައިވާ އަސްކަރީ ޒޯންއަކުންނެވެ. އެހެންކަމުން އެ ބޯޓާއި މުއާސަލާތް ކުރެވޭނެ ގޮތެއްވޭތޯ ކަމާބެހޭ އިދާރާތަކުން މަސައްކަތްކުރިކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެއްވެސް އެހީއަކަށް ބޭނުންވެގެން އެބޯޓުން ނުއެންގުމުން، އެންމެފަހުން ކިއުބަން ކޯސްޓު ގާޑުން އެ ބޯޓު ކައިރިއަށް ގޮސްބެލިބެލުމުން އެނގުނުގޮތުގައި، އެއީ ގާތްގަނޑަކަށް 100 އަހަރު ދުވަސްވެފައިވާ ބޯޓެކެވެ. އަދި އެއީ ބާމިއުޑާ ޓްރެއިންގަލްއަށް ގެއްލުނު ބޯޓުކަމުގައިވާ "އެސްއެސް ކޮޓޯޕެކްސީ" ކަމަށް އައިޑެންޓިފައިކޮށްފައިވެއެވެ.
ގިނަ ބަޔަކު ޤަބޫލުކޮށްފައިވާ ގޮތުގައި މިއީ އަސްލުވެސް 1925 ވަނަ އަހަރު ގެއްލުނު "އެސްއެސް ކޮޓޯޕެކްސީ"އެވެ. އެގޮތުން ބޯޓުގެ ކެޕްޓަނުން ގެންގުޅޭ ލޮގް ފޮތެއް އެ ބޯޓުން ފެނިފައިވާއިރު، އެ ފޮތަކީ ކްލިންޗްފީލްޑް ނެވިގޭޝަން ކުންފުނީގެ ފޮތެއްކަން ވަނީ ޔަޤީންވެފައެވެ. އަދި މީގެ 90 އަހަރުކުރިން ވީނުވީއެއް ނޭނގި ގެއްލުނު "އެސްއެސް ކޮޓޯޕެކްސީ" ބޯޓަކީ މި ކުންފުނީގެ ބޯޓެކެވެ. .
މި ލޮގްފޮތުގައި ބޯޓުގެ ކްރޫ މެންބަރުގެ މެއުލޫމާތު ލިޔެފައިވާއިރު، މި ފޮތުގައި އެންމެ ފަހުން ލިޔެފައިވާ މައުލޫމާތު ލިޔެފައިވަނީ މި ބޯޓު ގެއްލުނު ދުވަސްކަމުގައިވާ 1 ޑިސެމްބަރު 1925 ގައެވެ.
މި ބޯޓު އެންމެފަހުގެ ދަތުރު ފެށީ 1925 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ގައެވެ. އެގޮތުން ސައުތު ކެރޮލިނާގެ، ޗާލްސްޓަން ބަނދަރުން ދަތުރު ފަށާ، މި ބޯޓު މިސްރާބް ޖަހާފައިވަނީ، ކިއުބާގެ ކެޕިޓަލް ސިޓީކަމުގައިވާ ހަވާނާ ސިޓީއާދިމާލަށެވެ. މި ދަތުރު ފެށިއިރު، ބޯޓުގައި 32 ފިރިހެން ކްރޫ މެންބަރުން ހުރިއިރު، ބޯޓުގެ ކެޕްޓަނަކަށް ހުރީ ޑަބްލިއު.ޖޭ މެޔަރ އެވެ. އަދި ބޯޓުގައި 2340 ޓަނުގެ ކޯލް ބަރުކޮށްފައިހުއްޓެވެ. އަދި މި ދަތުރު ފެށިތާ ދެ ދުވަސް ފަހުން މި ބޯޓު ގެއްލުނުކަމަށް ރިޕޯޓުކޮށްފައިވާއިރު، މި ބޯޓަށް ވީގޮތެއް އެކަކަށްވެސް އެނގިފަކައިނެތެވެ.
އުތުރު އެޓްލާންޓިކް ކަނޑުގެ ހުޅަނގު ފަޅީގައި ޕާޓޯރިކާ އައިލެންޑް އާއި، ފްލޮރިޑާ އާއި އަދި ބާރމިއުޑާއާ އިންވާގޮތަށް ތިނެސްކަން ބައްޓަމަށް ފާހަގަ ކުރެވިފައިވާ ކަނޑުގެ މި ސަރަހައްދަކީ ގޮތްނޭގޭ ކަންތައްތަކެއް ވާކަމަށް މަޝްހޫރުވެ މީހުންގެ ހިތްތަކުގައި ޒަމާނުއްސުރެ މިސަރަހައްދާމެދު ބިރުވެރިކަން އުފެދިފައިވާ ސަރަހައްދެކެވެ.




5 Responses
Ehen dheththo?
Mi liyunl
Liyunu myhaa v burmiuder triangle ah gehlifa????????????
ތާކުން އެއްޗެއް ފެންނައިރަށް ޖަހާތި ތެދު ދޮގު ނުބަލާ.
Dhen thedhu dhohubalaafa kae ehcheh jahaalan v nu.
Kaley jahan veenu thedhu dhogu balaafa