ފޮޓޯ: ވީނިއުސް

ޑީއާރުޕީގެ ދަރަންޏަށް ޒިންމާވުމަށް ރައީސް މަޢުމޫންގެ މައްޗަށް ދަޢުވާ ކުރަނީ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ދަރަނިތައް ބޮޑުވެ އެޕާޓީގެ ކުރީގެ ޒައީމް ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދަޢުވާ ކުރުމަށް އެ ޕާޓީ ނިންމައިފިއެވެ.

ޑީއާރުޕީ އިން މިއަދު ވިދާޅުވެފައި ވާ ގޮތުގައި ޑިއާރުޕީގެ ކުރީގެ ޒައީމް މަޢުމޫން ޢަބްދުއްޤައްޔޫމްގެ ލީޑަރޝިޕްގައި އެޕާޓީ ވަނީ ބޮޑު ތަނުން ދަރަނިވެރިކޮށް އެއަށް ބިލްތަކުގެ ފައިސާ ނުދައްކާ ޕާޓީގެ އޭރުގެ މެންބަރުންގެ ބޮލުގައި ދަރަނި އަޅުވާފައެވެ. އަދި ޕާޓީ ދޫކޮށް މަޢުމޫން ވަޑައިގެންނެވިއިރު އޭރުގެ ދަރަނި ތަކުގެ ބިލްތައް މިއަދުވެސް އަންނަމުންދާކަމުގައި އެޕާޓީން ވަނީ ވިދާޅުވެފައެވެ.

ޑީއާރުޕީ އިން ވިދާޅުވެފައި ވަނީ އެ ދަރަންޏަށް ޒިންމާވުމަށް ރައީސް މަޢުމޫންގެ މައްޗަށް ދަޢުވާ ކުރަން އެޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލައަށް ވަކި ގޮތެއް ނިމެންދެން މި ހުރިހާ ދަރަނި ދެއްކުން މަޑުޖައްސާލުމަށްވެސް ޑީއާރުޕީގެ ކައުންސިލްގެ އިއްތިފާގުން ނިންމާފައިވާ ކަމުގައި އެޕާޓީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް މަޢުމޫނަށް ފާދު ވިދަޅުވެ، މި ސަރުކާރުގެ ކޯލިޝަންގައި އެމްއާރުއެމް އޮތުމުން ޑީއާރުޕީއިން ވަނީ އެކަން ކުއްވެރިކޮށްފައެވެ.

"އެފަދަ ބޭފުޅުން އެމްއާރުއެމް ގެ ނަމުގައި ޕާޓީ ހަދާ، މި ސަރުކާރުގެ ކޯލިޝަންގައި ބައިވެރިކޮށްގެން އުޅޭ އުޅުން ޑީއާރުޕީ އިން ކުއްވެރި ކުރަން" ޑީއާރުޕީއިން ވިދާޅުވެފައި ވެއެވެ.

ޑީއާރުޕީގެ ދަރަނީގެ ތަފްޞީލް ހާމަކޮށްފައި ނުވި ނަމަވެސް، އެޕާޓީން ވަނީ ދާދި ފަހުން އޮކްޓޫބަރު 4 ވަނަ ދުވަހު އެޕާޓީއަށް 2007 ވަނަ އަހަރުގެ ބިލްތަކަކަށް ފައިސާ ދެއްކުމަށް އައިސްފައިވާ ލިޔުމެއް އާންމުކޮށްފައެވެ.

އެ ލިޔުމުގައި ވާ ގޮތުން 2007 ވަނަ އަހަރުގެ ޖޫން މަހުގެ 3 ބިލަކަށް 24،296.70 ޔުއެސް ޑޮލަރު ދެއްކުމަށް ވަނީ އެދިފައެވެ. އަދި ފައިސާ 14 ދުވަސް ތެރޭ ނުދައްކައިފިނަމަ އިތުރު ޖޫރިމަނާ ދައްކަން ޖެހޭނަކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑީއާރުޕީއަށް ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގަތުމަށްފަހު މާގިނަ އަހަރު ތަކެއް ނުވަނީސް އެޕާޓީ ތެރޭގައި ދެބަސްވުންވަތާއި ޚިޔާލު ތަފާތުވުންތައް ވަނީ އުފެދިފައެވެ. މި ދެބަސްވުންތަކުގައި ޑީއާރުޕީ ދެބަޔަކަށް ބައިވެ އެޕާޓީގެ އިސް ސަފުގައި މަޢުމޫގެ ފަހަތްޕުޅުގައި އުޅުއްވި ގިނަ ސިޔާސީ ލީޑަރުންތައް މަޢުމޫން ދޫކުރައްވާ ދުރައްވަޑައިގަތެވެ.

ހަމައެހެންމެ މަޢުމޫން ވަނީ ޑިއާރުޕީ ދޫކުރައްވާ ދުރައް ވަޑައިގަތް އެހެން ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ