ފެށުން "ބަދިގެތެރޭން" މިފަހަރު މި ގެނެސްދެނީ މެގްނަމް ޕުޑިންގ ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާތަކެތި:
- 1 ޕެކެޓް މާރީ ބިސްކޯދު
- 1 ދަޅު ގެރިކިރު
- 2 ބިސް
- 1 މޭޒުމަތީ ސަމްސާ ބަޓަރ
- 4 ސަމްސާ ކޯން ފްލަރ
- 1 ޕެކެޓް ފުލްކްރީމް (މިލްކް)
- 1 މިލްކް ޗޮކްލެޓް
ތައްޔާރުކުރާނެގޮތް:
މެގްނަމް ޕުޑިންގ ތައްޔާރުކުރުމަށްޓަކައި، ބިސް، ގެރިކިރު، ބަޓަރ އަދި ކޯން ފްލަރ މިކްސަރ އިން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ތެއްޔަކަށް ފުލް ކްރީމް ޕެކެޓް އެޅުމަށްފަހު ހޫނު ކޮށްލާށެވެ. ރަނގަޅަށް ހޫނުވުމުން ކުރިން ގިރި ބައި ތެއްޔަށް އެޅުމަށްފަހު މަޑުމަޑުން ހަލުވަމުން ގެންދާށެވެ. އޮލަވާން ފެށުމުން ޓްރޭގައި ބިސްކޯދު ފަތުރާލުމަށްފަހު އޭގެ މައްޗަށް އޮލަކުރި އެއްޗެހި އަޅާށެވެ. މިގޮތަށް އަދި އެއް ލޭޔަރ ހަދާށެވެ. އެއަށްފަހު މައްޗަށް ޗޮކްލެޓް ގާނާށެވެ. ފިނިކޮށްލުމުން ރަހަ ވަރަށް މީރުވާނެއެވެ.