ރާއްޖޭގެ އާބާދީ ފަސް ލައްކައިން މައްޗަށް އަރާފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ބުނެފިއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 557،426 މީހުން ކަމަށާއި، ރާއްޖޭގެ މުޅި ޖުމްލަ އާބާދީގެ 40.8 ޕަސެންޓު މީހުން އުޅެނީ ވެރިރަށް މާލޭގައި ކަމަށް ދައްކައެވެ. އެއީ 227،486 މީހުންނެވެ.
އަތޮޅުތައް ވަކިން ބަލާއިރު، އެންމެ ގިނަ މީހުން ދިރިއުޅެނީ ކ އަތޮޅު ނޫނީ މާލެ އަތޮޅުގަ އެވެ. އެއީ 41،382 މީހުންނެވެ.
އާބާދީގައި 10،000 މީހުން ހަމަނުވަނީ ހަތަރު އަތޮޅެއްގައެވެ. މުޅި ރާއްޖެއިން އެންމެ އާބާދީ މަދު އަތޮޅަކީ ވ. އަތޮޅެވެ. އެ އަތޮޅުގެ އާބާދީ އަކީ 2،688 އެވެ.
ރާއްޖޭގެ އަތޮޅުތަކުގެ އާބާދީ
- ހއ. އަތޮޅު 17،389 މީހުން
- ހދ. އަތޮޅު 23،157 މީހުން
- ށ. އަތޮޅު 15،358 މީހުން
- ނ. އަތޮޅު 16،706 މީހުން
- ރ. އަތޮޅު 20،297 މީހުން
- ބ. އަތޮޅު 21،145 މީހުން
- ޅ. އަތޮޅު 14،3270 މީހުން
- ކ. އަތޮޅު 41،381 މީހުން
- އއ. އަތޮޅު 13،638 މީހުން
- އދ. އަތޮޅު 20،248 މީހުން
- ވ. އަތޮޅު 2،688 މީހުން
- މ. އަތޮޅު 6،747 މީހުން
- ފ. އަތޮޅު 5،941 މީހުން
- ދ. އަތޮޅު 10،635 މީހުން
- ތ. އަތޮޅު 11،496 މީހުން
- ލ. އަތޮޅު 16،805 މީހުން
- ގއ. އަތޮޅު 14،616 މީހުން
- ގދ. އަތޮޅު 15،445 މީހުން
- ޏ. އަތޮޅު 9،873 މީހުން
- އައްޑު އަތޮޅު 26،635 މީހުން




