މާވެލް ސިނަމެޓިކް ޔުނިވާސް ގެ ސުޕަރ ހީރޯ ފިލްމް "ސްޕައިޑަރ މޭން"ގައި "ޕީޓާ ޕާކާ"ގެ ބެސްޓްފްރެންޑް، "ނެޑް"ގެ ރޯލުން ފެނިގެންދާ ކޮމޭޑިއަން އެކްޓަރ ޖޭކޮބް ބެޓެލޮން ވަރަށް ބޮޑަށް ބަރުދަން ލުއިކުރުމަށްފަހު، އެކަން އިންސްޓަގްރަމްގައި ހިއްސާކުރި ފޮޓޯއަކުން ފޭނުންނަށް ދައްކާލައިފިއެވެ. އަދި ޖޭކޮބްގެ މި އާދަޔާ ޙިލާފް ޓްރާންސްފޮމޭޝަން ފެނި ފޭނުންނަށް ލިބިގެންދިޔައީ ބޮޑު ޝޮކެކެވެ.
ޖޭކޮބްގެ މި އާ ފެނިލުން ފޭނުންނަށް ދައްކާލައިފައިވަނީ، އޭނަގެ އުފަންދުވަހު ކުރި އިންސްޓަގްރަމް ޕޯސްޓެއްގައެވެ. މި ފޮޓޯއިން ފެންނަ ފެނުމަށް ޖޭކޮބްގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ހިއްކާލައިފައެވެ.
މި ފޮޓޯ ޕޯސްޓުކުރުމަށްފަހު ކެޕްޝަންގައި އޭނާ ލިޔެފައިވަނީ، އޭނާ ގާތު ހިކުމަށް އެހެން މީހުން މިހާރަކު ބުނާކަށެއްނުޖެހޭނެކަމަށެވެ. މި މަހުގެ 9 ވަނަ ދުވަހު ޖޭކޮބް އަށް ވަނީ 24 އަހަރު ފުރިފައެވެ.
މާވެލްގެ ސުޕަރ ހީރޯ ފިލްމް "ސްޕައިޑަރ މޭން: ހޯމްކަމިން" އަދި ސްޕައިޑަރ މޭން: ފާ ފްރޮމް ހޯމް" އިންވެސް ޖޭކޮބް ފެނިގެންދިޔައިރު، މި ސިލްސިލާގެ ކުރިއަށް އޮތް ފިލްމުންވެސް ސްޕައިޑަރމޭންގެ ބެސްޓްފްރެންޑްގެ ރޯލުން ޖޭކޮބް ފެނިގެންދާނެކަން މިހާރު ވަނީ އިއުލާންކޮށްފައެވެ.
މި ފިލްމްތަކުގައި ޖޭކޮބް ކުޅެފައިވާ "ނެޑް"ގެ ކެރެކްޓަރ އަކީ ވަރަށް މަޖާ ރޯލެކެވެ. އަދި ޖޭކޮބްގެ މި އެކްޓިން ގިނަ ބަޔަކަށް ކަމުގޮސްފައިވެއެވެ.
"ސަޕައިޑަރ މޭން" ގެ 3ވަނަ ބައި "ސްޕައިޑަރ މޭން:އިންޓު ދަ ސްޕައިޑަރ-ވާސް" ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައިވާ ތާރީޙަކީ އަންނަ އަހަރުގެ ޑިސެމްބަރު 17އެވެ.



