ބަދިގެތެރޭން – އެގް ޕަފް

ފެށުން "ބަދިގެތެރޭން" މިފަހަރު މި ގެނެސްދެނީ އެގް ޕަފް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • ބިސް ( ފެނުކައްކައި ދިގަށް 4 ފަޅިކޮށްފައި)
  • ރޯ ބިސް
  • 1 މަސްދަޅު
  • 1 ފިޔާ (ކޮށާފައި)
  • 1 ދަޅު ޓޮމާޓޯ
  • 1 ޕާން
  • އަސޭމިރުސް (ރަހަލާވަރަށް)
  • ލޮނުމެދު (ގާނާފައި)
  • ހިކަނދިފަތް
  • ލޮނު (ރަހަލާވަރަށް)
  • މިރުސް (ރަހަލާވަރަށް)
  • ކުޑަ ތެޔޮ ފޮދެއް

ތައްޔާރުކުރާންގޮތް:

އެންމެ ފުރަތަމަ ތެއްޔަކަށް ކުޑަ ތެޔޮފޮދެއް އެޅުމަށްފަހު މިރުސް އަދި ހިކަނދިފަތް ލައިގެން ފިޔާ ކޮޅު މީރުކޮށްލާށެވެ. ދެން ޓޮމާޓޯ ޕޭސްޓް އަޅައި އޭގެތެރެއަށް ލޮނުމެދު، އަސޭމިރުސް އަދި ލޮނު އަޅައި ކައްކާލާށެވެ. އެއަށްފަހު މަސްދަޅު ފުނޑުވާލައި ޓޮމާޓޯ ގަނޑު ތެރެއަށް އަޅައި އެއްކޮށްލާށެވެ.  މިހާރު މިވަނީ މަސްގަނޑު ތައްޔާރުކޮށް ނިމިފައެވެ.

ދެން ޕާން ފޮތިތައް ނަގައި ރޮށި ދަމާއެތިން ކުޑަކޮށް ދަމާލާށެވެ. އެއަށްފަހު ކޮންމެ ޕާން ފޮއްޗެއްގެ ތެރެއަށް މަސްކޮޅެއް އަޅައި އޭގެ މަތީ ބިސްފޮއްޗެއް ބާއްވައި ޕާން ފޮތި ލައްޕާލުމަށްފަހު ޓޫތް ޕިކް އަކުން ހަރުކޮށްލާށެވެ. އޭގެފަހުގައި ރޯބިސް ގިރާފައި އޭގެމަތީގައި ރަނގަޅަށް ހާކާލުމަށްފަހު އަވަނުން ފިހެލާށެވެ. މިހާރު މިވަނީ އެގް ޕަފް ތައްޔާރުކޮށް ނިމިފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް