އެމްޓީސީސީގެ ހުޅުމާލެ ދަތުރު ކުރާ ފެރީއެއްގައި މަސައްކަތްކުރާ ފަޅުވެރިއަކު، ދަތުރުވެރިއަކާއި ފޮށުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ޓްވިޓަރގައި އާންމުވި މިހާދިސާގައި ފޮށުނު އަންހެން ކުއްޖާ ފަޅުވެރިޔާއާއި އެމައްސަލައިގައި މުޚާތަބުކުރުމުން އަނެއް ފަޅުވެރިޔާ ވަނީ އަޑުގަދަކަމަށްބުނެ އެކަމަށް އެކަށީގެންވާ މިންވަރަށް ސަމާލުކަން ނުދީފައެވެ.
މިމައްސަލަ މިހާރު އެމްޓީސީސީގެ ސަމާލުކަމަށް އައިސްފައިވާއިރު މިކަމާއި މެދު ފިޔަވަޅު އަޅާނެކަމަށް މީޑިޔާތަކަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހުވަނީ ވިދާޅުވެފައެވެ.




