އަނބިމީހާ ރާއްޖެއަށް ދޫކޮށްލުމަށްފަހު ފިލަން އުޅުނު މީހަކު ރާއްޖެއިން ފުރަން އުޅެނިކޮށް އިމިގްރޭޝަނުން އޭނާ ހިފަހައްޓާ ފުލުހުންނާ ހަވާލުކޮށްފިއެވެ.
އިމިގްރޭޝަންސްއިން ވިދާޅުވެފައިވާ ގޮތުގައި މިދެމީހުން ރާއްޖެ އެތެރެވެފައިވަނީ ދެމަފިރިންގެ ގޮތުގައެވެ. ޗުއްޓީ ހޭދަކޮށްލަންކަމަށްބުނެ އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށްފަހު ބިދޭސީ ފިރިހެންމީހާ އޭނާގެ އަނބިމީހާ ކަމުގައި ބުނި އަންހެން މީހާ ރާއްޖެއަށް ދޫކޮށްލާ، އޭނާގެ ޕާސްޕޯޓް ހިފައިގެން ފުރަން އުޅެނިކޮށް ހިފަހައްޓާފައިވާކަމަށްވެސް އިމިގްރޭޝަންސްއިން ވިދާޅުވިއެވެ.
Insaanee vagufaari ah thuhumathu kurevey massala akaai gulhigen Raajje in furan ulhunu bidheysee firihenaku Immigration in hifahattaifi. 1/3
— Maldives Immigration (@ImmigrationMV) May 29, 2019
މިމައްސަލަ ތަހުގީގު ކުރުމަށްޓަކާ ބިދޭސީ މީހާ މިހާރު ފުލުހުންނާއި ހަވާލުކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ހިއުމަން ޓްރެފިކިން މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަންސްގެ ޓްވީޓުގައިވާއިރު ދާދިފަހުން އިމިގްރޭޝަނުން ވަނީ ހިއުމަން ޓްރެފިކިން އަށް ތުހުމަތު ކުރެވޭ 24 މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.