ޖަޕާނުން ބަންގުލަދޭޝް އަށް 1.2 ބިލިއަން ޑޮލަރުގެ އެހީދެނީ

ޖަޕާނުން ބަންގުލަދޭޝްގެ އިގުތިސާދުގެ ކުރިއެރުމަށް 1.2 ބިލިއަން ޑޮލަރުގެ އެހީދޭން ނިންމައިފިއެވެ.

ޖަޕާނުން މިގޮތަށް ނިންމައިފައިވަނީ ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ މިހާރު ބަންގުލަދޭޝް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއި ބޭއްވި ބައްދަލު ކުރެއްވުމަށް ފަހުގައެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޝޭހު ހަސީނާ ވިދާޅުވީ ބަންގުލަދޭޝް 2024 ވަނަ އަހަރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓަށް އަރަންކުރާ މަސައްކަތުގައު ޖަޕާނުގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަށް ބޮޑުވަޒީރު އަބޭ ދެއްވައިފައި ވާކަމަށެވެ. އަދި މިކަމަށްޓަކައި ޖަޕާނުގެ ސަރުކާރަށާއި ބޮޑުވަޒީރަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޝޭހު ހަސީނާ ޖަޕާނަށް ކުރައްވާ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައި ގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ޖަޕާނު އަދި ބަންގުލަދޭޝްއަކީ ވިޔަފާރީގެ ގޮތުން ގާތް ދެގައުމެވެ. އަދި ޝޭހު ހަސީނާވަނީ ހަތްފަހަރެއްގެ މަތިން މިހާތަނަށް ޖަޕާނަށް ވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    ޖަޕާނުން މިގޮތަށް ނިންމައިފައިވަނީ ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ މިހާރު ބަންގުލަދޭޝް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއި ބޭއްވި ބައްދަލު ކުރެއްވުމަށް ފަހުގައެވެ.

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ