ނޭޝަނަލް ޑްރަގް އޭޖެންސީއަށް ސީއީއޯއެއް ހޯދަނީ!

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަގާމަށް މުވައްޒަފަކު ހޯދަން އިއުލާނުކޮށްފިއެވެ.

އެ އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާ ކަމަށެވެ.

އެންޑީއޭ އިން އެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފައި މިވަނީ، އެ އެޖެންސީގެ ސީއީއޯ މަގާމުގައި ހުންނެނި ހުސެއިން ޝަހީލު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޝަހީލް އެ މަގާމުން އިސްތިއުފާދެއްވާފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް އިންޒާރު ދެމުންދާ ކަމުގެ ތުހުމަތުކޮށެވެ. އޭނާ އިސްތިއުފާ ދިންއިރު، ކޮރަޕްޝަންގެ ތުހުމަތުތަކެއްވެސް އޭނާގެ މައްޗަށް ބަޔަކު ކޮށްފައި ވެއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 27 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ