އިންޑިއާއިން 11 ރަށަކަށް އެމްބިއުލަންސް، 61 ރަށެއްގައި ޖިމް

އިންޑިއާ އިން ރާއްޖެއަށްދޭ 6.93 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން، ރާއްޖޭގެ 11 ރަށެއްގައި ބޭނުންކުރާގެ އެމްބިޔުލެންސް ގަތުމަށާއި 61 ރަށެއްގައި އައުޓްޑޯ ފިޓްނެސް އިކުއިޕްމެންޓު ބެހެއްޓުމަށް އެހީ ދީފިއެވެ.

އިޖުތިމާއީ-އިގްތިސޯދީ ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން ހިލޭ އެހީގެ ދަށުން، ހޮސްޕިޓަލުތަކުގައި ބޭނުންކުރާނެ 11 އެމްބިޔުލެންސް ގަތުމަށް 7،700،000 ރުފިޔާ ދޭނެއެވެ.

މީގެ އިތުރުން 61 ރަށުގައި އައުޓް ޑޯ ފިޓްނެސް އިކުއިޕްމެންޓް ބެހެއްޓުމަށް އަށް މިލިއަން ރުފިޔާގެ ހިލޭ އެހީވެސް ވަނީ ހަޖަމައްސައިދީފަ އެވެ.

އިންޑިއާ އިން ރާއްޖެއަށް 6.93 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދޭން އެއްބަސްވެފައިވާއިރި، މި އެހީގެ ދަށުން ނ. ޅޮއްސާއި ރ. ކިނޮޅަހުގައި ކްލާސްރޫމެއް އެޅުމަށާއި ހއ. އިހަވަންދޫގައި އިމަޖެންސީ މެޑިކަލް ހިދުމަތް ގާއިމް ކުރެވޭނެއެވެ.

މީގެއިތުރުން އއ. އުކުޅަހުގައި ބައިނަލްއަގުވާމީ ކޮންވެންޝަން ސެންޓަރެއް އަޅައި ދ. ވާނީގައި ހުންނަ ފުލުހުންގެ ސްކޫލް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ހިލޭ އެހީ ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ފަތިފުއް

    އިންޑިއާއިން އަބަދުވެސް ރާއްޖެއަށް ހިލޭ އެހީ އަހަރު ނިމޭއިރު ސަތޭކަ މިލިޔަން ޑޮލަރުން އިންޑިއާ އަށް ޖިޒީދައްކަންޖެހޭ އިންޑިއާއަށް ޖިޒީދައްކަންޖެހުމުން މި އަހަރު ވެސް ދުސައްތަފަންސާސްއެއްމިލިޔަން ޑޮލަރުގެ ދައްވުމެއް ރިޒާވް އިންދައްވެ ޤައުގެ އިންފުލޭސަން މައްޗައްދިޔަ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ