ފެށުން "ބަދިގެތެރޭން" މިފަހަރު މި ގެނެސްދެނީ ފިހުނު ކުކުޅު ތައްޔާރު ކުރާނެގޮތެވެ.
ބޭނުންވާތަކެތި:
- 1 ކުކުޅު (ހަންނޮޅާ ސާފުކޮށްފައި)
- 2 ސސ ދިރި
- 1 ސސ ކޮތަނބިރި
- 10 ހިކިމިރުސް
- 6 ހިކަނދިފަތް
- ކުޑަ ކާށި ކިބައެއްގެ ހުނި
- 1 ފިޔާ (ބޮޑު)
- 2 ލޮނުމެދު
- އިނގުރު
- ލޮނު ( ރަހަލާވަރަށް)
- ½ މސ ކާކުލަ (ރަތް)
ތައްޔާރުކުރާނެގޮތް:
ކުކުޅާއި ކުލަ ފިޔަވާ އެހެންހުރިހާ ބާވާތެއް ގްރައިންޑަރުގައި ފުނޑާލާށެވެ. ދެން ފުނޑިބައި ކުލަކޮޅާ އެއްކުރުމަށްފަހު ކުކުޅުގާ ހާކާލާށެވެ. އަދި 250 ޑިގްރީއަށް އަވަން ހޫނުކުރުމަށްފަހު ކުކުޅު ފިހެލާށެވެ.