ބަދިގެތެރޭން – ސަބްމެރީން ޓޯސްޓް

ފެށުން "ބަދިގެތެރޭން" މިފަހަރު މިގެނެސްދެނީ ސަބްމެރީން ޓޯސްޓް ތައްޔާރު ކޮއްލާނެގޮތެވެ.

ބޭނުންވާތަކެތި:

  • ޕާން
  • ކުކުޅުމަސް (ކުދިކޮށް ކޮށާފައި)
  • ފިޔާ (ކުދިކޮށް ކޮށާފައި)
  • ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
  • ލޮނުމެދު (ގާނާފައި)
  • ރޯ މިރުސް (ކުދިކޮށް ކޮށާފައި)
  • އަސޭމިރުސް
  • ލޮނު
  • ތެޔޮ
  • ސޯޔާސޯސް
  • އޮއިސްޓާ ސޯސް
  • ޗިލީ އެންޑް ގާރލިކް ސޯސް
  • ސަބްމެރީން ސޯސް
  • ފޮތި ޗީޒް

ތައްޔާރު ކުރާނެ ގޮތް:

ސަބްމެރީން ޓޯސްޓް ތައްޔާރު ކުރުމަށްޓަކައި، ކޮށާފައި ހުރި ކުކުޅު މަސްކޮޅުގެ ތެރެއަށް ލޮނު، އަސޭމިރުސް، ލޮނުމެދު އަދި ސޯޔާސޯސް އެއްކޮއްލާށެވެ. ދެން އިރުކޮޅެއްވަންދެން ބެހެއްޓުމަށްފަހު ތެޔޮކޮޅެއްގައި ކުޑަކޮށް ތެލުލާށެވެ.

ފިޔާ، ހިކަނދިފަތް، މިރުސް ތެޔޮކޮޅެއްގައި ރަތް ކޮއްލާށެވެ. ދެން ރަތް ކޮއްފައި ހުރި ފިޔާގަނޑުގެ ތެރެއަށް ލޮނު، އަސޭމުރުސް، އޮއިސްޓާރ، ޗިލީ އެންޑް ގާރލިކް ރަހަލާ ވަރަށް އެޅުމަށްފަހު މިނެޓެއް ހާއިރު ކައްކާލާށެވެ. ދެން ތެލުލައިފައި ހުރި މަސްކޮޅު އޭގެތެރެއަށް އެޅުމަށްފަހު ރަނގަޅަށް ހާކާލާށެވެ. މިހާރު މިވަނީ ސަބްމެރީން މަސްގަނޑު ތައްޔާރުކޮށް ނިމިފައެވެ.

ދެން ޕާން ފޮތިތަކުގެ މަތީގައި މަސްކޮޅު ފެތުރުމަށްފަހު ސަބްމެރީން ސޯސް މަތީގައި ހާކާލާށެވެ. އެއަށްފަހު ޗީޒް ފޮއްޗެއް މަތީގައި ބާއްވައި އޭގެ މަތީ އިތުރު ޕާން ފޮއްޗެއް ބޭއްވުމަށްފަހު ޓޯސްޓް ކޮއްލާށެވެ. މިގޮތަށް ފަހަރަކު ޕާން ފޮއްޗެއް ޓޯސްޓް ކޮއްލާށެވެ. މިހާރު މިވަނީ ސަބްމެރީން ޓޯސްޓް ތައްތާރުކޮށް ނިމިފައެވެ.

މިލިޔުން ކިޔާލުމުން
1131
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ