އދ. މާމިގިލީ އެއާޕޯޓަށް ޖެއްސި ފްލައިމީގެ ފްލައިޓެއް ރަންވޭ މަތިން ކަހާލައިފިއެވެ.
ރަންވޭ މަތިން ކަހާލާފައިވަނީ، މިރޭ 21:45 ހާއިރު މާމިގިލީގައި އެއާޕޯޓުގައި ޖެއްސި ފްލައިޓެކެވެ.
ފްލައިމީގެ ފްލައިޓެއް ރަންވޭ މަތިން ކަހާލައިގެން ފްލައިޓްގެ އެއް ފުރޮޅު ވިނަގަނޑު މަތިން ދިޔަ ނަމަވެސް، ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
ފްލައިމީގެ ބޯޓެއް ރަންވޭ މަތިން ކަހާލިއިރު، ފަސްޓް ލޭޑީ ފަޒްނާޥެސް އެ އެއާލައިނުގެ ބޯޓެއްގައި މިއަދު ދަތުރުކުރައްވާފައިވެއެވެ.