fފެށުން "ބަދިގެތެރޭން" މިފަހަރު މި ގެނެސްދެނީ ކުކުޅު ޕައި ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާތަކެތި:
- 500 ގ. ބޯންލެސް ޗިކަން ( ކުދިކޮށް ކޮށާފައި )
- 1 ފިޔާ ( ހިމުންކޮށް ކޮށާފައި )
- 2 ލޮނުމެދު ( ގާނާފައި )
- 3 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
- 1/4 ޖޯޑު ޓޮމާޓޯ ޕޭސްޓް
- 250 ގ. މަޝްރޫމް ( ކޮށާފައި )
- 2 ލޮނުމެދު ( ގާނާފައި )
- 1 ފިޔާ (ހިމުންކޮށް ކޮށާފައި )
- 1/2 2 ޖޯޑު ފުށް
- 185 ގ. ބަޓަރު
- 1 ބިސް
- ތާފަނާ ފެން
ތައްޔާރުކުރާނެގޮތް:
ކުކުޅު ޕައި ތައްޔާރުކުރުމަށްޓަކައި، ފުށާއި ބަޓަރު އެއްކޮށް މޮޑެފައި ބިސްވެސް ކުޑަކޮށް ގިރާފައި އެއްކޮށްލާށެވެ. ދެން ތާފަނާފެނުން ފުށްގަނޑު މޮޑެފައި ކޮތަޅަކަށްލާފައި ބާއްވާށެވެ.
އެއަށްފަހު ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅު ރަތްވަންދެން މަޑުގިނީގައި ދޭފަތުން ހާކަމުންދާށެވެ. ދެން ލޮނުމެދު، މަޝްރޫމް ،ޓޮމާޓޯ، ޗިލީ ސޯސް، ލޮނު އަދި ކުކުޅު އެއްކޮށްފައި ރޯފިލުމުން އުދުންމަތިން ބާލާށެވެ.
ދެން ފުށްގަނޑު ދެބައިކޮށްފައި ދެބައިވެސް 1/4 އިންޗިއަށް ދާމާލާށެވެ. އެއައްފަހު ޓްރޭގައި ފުށްގަނޑު ފަތުރާލާފައި މަސްގަނޑު ފަތުރާލާފައި އަނެއްފުށްގަނޑު މަސްގަނޑުމަތީ ބާއްވާފައި ކައިރިފަށް ތަތްކޮށްލާށެވެ. މަސްފަތުރާނީ ފުށްގަނޑުގެ ކާރީފަށުން ތަތްކުރެވޭހާ ހުސްތަން ބާއްވާފައިއެވެ. ދެން ފުށްގަނޑުގެ މަތީގައި ބަޓަރު ހާކާލާފައި އަވަނުން ފިހެލާށެވެ.