މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއަށް އޮފީސް ޢިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަށް އިޢުލާންކޮށްފިއެވެ.
ޖެންޑަރ މިނިސްޓްރީއިން މިއަދު ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނީ، އެ މިނިސްޓްރީގެ އިދާރީ މަސައްކަތްތައް ކުރުމަށް އޮފީސް އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވާކަމަށާއި، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ނޮވެމްބަރ 10 ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުން އެދޭކަމަށެވެ.
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާއިރު ޕްރޮޕޯސަލްގައި ހިމަނަން އެމިނިސްޓްރީއިން ފާހަގަކޮށްފައިވާ ކަންތައްތަކަކީ؛
- އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ޢިމާރާތުގެ ބޮޑުމިން 6000 (ސކފ) އަށްވުރެ ކުޑަވެގެން ނުވާނެއެވެ.
- ޢިމާރާތަކީ ފަސޭހައިން ވަދެ ނުކުމެވޭ ގޮތަށް ބޮޑު މަގަކަށްވާ ގޮތަށް ހުންނަ ތަނަކަށް ވާންވާނެއެވެ.
- ޢިމާރާތުގައި ސެކުރިޓީ ކެމެރާ އަދި ފަޔާރ އެލާރމް ހަރުކުރެވިފައި ހުންނަން ވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ އިމާރާތުގެ ވެރިފަރާތް ނޫންނަމަ ވެރިފަރާތާއި އެކު ވެފައިވާ އެއްބަސްވުން ނުވަތަ ވެރިފަރާތުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުމެއް (ލީގަލް ފާރމް އަކުން އަސްލާއި އެއްގޮތަށް ތައްގަނޑު ޖަހާފައިވާ) ހުށަހަޅަންވާނެއެވެ.
- ކުއްޔަށް ދޫކުރާ ތަނަކީ ގްރައުންޑް ފްލޯ ނޫންނަމަ އިމާރާތުގައި ލިފްޓް ހަރުކުރެވިފައިވާންވާނެއެވެ.
- ޢިމާރާތުގެ ފްލޯރޕްލޭން ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ.
- އަމިއްލަ ފަރާތެއްނަމަ ހުށަހަޅާ ފަރާތުގެ އައިޑީ ކާޑް ކޮޕީ ނުވަތަ ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
- ޢިމާރާތުގެ ކުއްޔަށްދޭ ބައިގައި ފެނާއި ކަރަންޓް ހުންނަށް ވަނީ ވަކިން މީޓަރުހަރުކޮށްފައެވެ. އަދި ކަރަންޓް ވައިރިންގ ހުރީ ތްރީފޭސް/ސިންގަލް ފޭސްކޮށްކަން ޕްރޮޕޯސަލްގައި ހިމެނިފައިވާ ވާންވާނެއެވެ. އަދި ކުނީގެ ބިލްގެ ތަފްސީލް ޕްރޮޕޯސަލްގައި ހިމެނިފައިވާ އޮންނަންވާނެވެ.
- ޢިމާރާތް ކުއްޔަށް ދެވޭނެ އަގަކާއި ޕޭމެންޓް ޓަރމްސް ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ.
- ޢިމާރާތް ކުއްޔަށް ހިފާނީ އޮފީހުގެ ފަރާތުން ޓީމެއް އިމާރާތަށް ޒިޔާރަތްކުރުމަށްފަހު ފިޒިކަލް އިންސްޕެކްޝަންއެއް ހަދައި ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ އެކަށީގެންވާ ޢިމާރާތެއް ބެލުމަށްފަހުގައެވެ.
މީގެއިތުރުން އެމިނިސްޓްރީއިން ބުނީ، 2020 ނޮވެމްބަރ 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ޕްރޮޕޯސަލްއެއް ބަލައެއް ނުގަންނާނެކަމަށާއި، ޝައުޤުވެރިކަން ފާޅުކުރާއިރު އިޢުލާންގައިވާ ނުކުތާތަކަށް އިސްކަންދީ މަޢުލޫމާތުތައް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އެދޭކަމަށެވެ. އަދި މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ 3013017 / 3027515 ނަންބަރު ގުޅުމަށްވެސް އެމިނިސްޓްރީއިންވަނީ އެދިފައެވެ.