ކޮންމެ ރަށެއްގައިވެސް އެއް މިސްކިތެއްގައި ޢީދު ނަމާދު ކުރަންޖެހޭނެ - މިނިސްޓްރީ

މިއަހަރުގެ ފިޠުރު ޢީދު ނަމާދު އެރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެެއްގައި ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދުﷲ ޖަމީލް ވިދާޅުވީ، ރަށްރަށުގެ މިސްކިތްތަކުގައި ފިތުރު ޢީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހެނީ މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވާތީ ކަމަށެވެ.

"ވަރަށް ގިނަ ރަށްރަށުންވެސް ރިކުއެސްޓް ކޮށްފައި އޮތީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް. ބޮޑު ޖަމާއަތުގައި ކުރި ނަމަވެސް އެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ޢީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެ. މިއީ ވިއްސާރަ ދުވަސް ވަރަކަށްވާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ." އަހުމަދުﷲ ވިދާޅުވިއެވެ.

މާލޭގެ 24 މިސްކިތެއްގައި އީދު ނަމާދު ކުރެވޭބެ އިންތިޒާމު އިސްލާމިކް މިނިސްޓްރީއިން ހަމަޖައްސާފާއިވާއިރު، ވިލިމާލެ އަދި ހުޅުމާލޭގައި ވެސް ބޮޑު ޖަމާއަތުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންގާރަ ދުވަހެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ