ފިތުރު އީދު ދުވަހާއި ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން މިމަހުގެ 4 އަދި 5 ވާ ދެދުވަހު ހަވީރު މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މާލެ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.
މާލޭ ކައުންސިލުން މިގޮތަށް ނިންމީ މިއަދު އެކައުންސިލުގެ ހަތް މެންބަރުން ސޮއިކުރައްވާ ނެރުނު ގަރާރެއްގައެވެ.
މި ގަރާރުގައި ބުނެފައިވަނީ، "ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިންނާއި ޒުވާނުން މަގު މައްޗަށް ނިކުމެ އީދު ކުޅިވަރުތަކުގައި ބައިވެރިވުމަށް އުޅޭ ވަގުތު މީހަކަށް ގެއްލުމެއް ލިބިދާނެކަމަށްޓަކައި" ފިތުރު އީދު ދުވަހާއި ޖެހިގެން އަންނަ ތިމާވެށީގެ ދުވަހު ހަވީރު ވަގުތުގައި މާލޭގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ.
އެގޮތުން ޖޫން 4 ވާ އަންގާރަ އަދި ޖޫން 5 ވާ ބުދަ، މި ދެދުވަހު ހަވީރު 04:00 އިން 06:30 އަށް އިންޖީނުލީ އުޅަނދު މާލޭގައި ދުއްވުން މަނާ ވާނެ އެވެ.
https://twitter.com/MaleCitymv/status/1134737534838165504?s=19