ފެށުން "ބަދިގެތެރޭން" މިފަހަރު މި ގެނެސްދެނީ ނާސިގޮރެން ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާތަކެތި:
- 6 ޖޯޑު ބަތް
- 2 ޖޯޑު ކެރެޓް ( ހިމަ ދިގުކޮށް ގާނާފައި)
- 2 ޖޯޑު ކެބެޖް ( ތުނިކޮށް ކޮށާފައި)
- 2 ޖޯޑު ލީކްސް ( ތުނިކޮށްފައި ކޮށާފައި)
- 3 ފިޔާ (ކިއުބްކޮށް ކުދިކޮށް ކޮށާފައި)
- 2 ޖޯޑު ބޯންލެސް ކުކުޅު ( ކުދިކޮށް ކޮށާފައި)
- 2 ޖޯޑު ބީފް ( ކުދިކޮށް ކޮށާފައި)
- 1 ގިތެޔޮ މިރުސް ( ކޮށާފައި)
- 1 ސސ. އަސޭމިރުސް ( މުގުރާފައި)
- 2 ސސ. އަޖިނަމޮޓޯ
- ސޯޔާސޯސް
- ލޮނު ( ރަހަލާވަރަށް)
- އިނގުރު ( ގާނާފައި)
- 3 ލޮނުމެދު ( ގާނާފައި)
- ހިކަނދި ފަތް
- ތެޔޮ
ތައްޔާރުކުރާނެގޮތް:
ނާސިގޮރެން ތައްޔާރުކުރުމަށްޓަކައި، ތަވާ އުނދުން މައްޗަށް އުދާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމައި، ފިޔާ، މިރުސް، ލީކްސް، ކެރެޓް، ކެބެޖް، ހިކަނދިފަތް އަޅާ ފިޔާ ރަތްވީމާ ބީފް އަދި ކުކުޅު އެޅުމަށްފަހު މަޑުގިނީގައި ބަހައްޓައިގެން މަސްކޮޅު ރޯފިލަންދެން ހާކާށެވެ. މަސްކޮޅު ރޯފިލުމުން ބަތްފިޔަވައި ބާކީހުރި ހުރިހާބާވަތެއް އެޅުމަށްފަހު 5 ވަރަކަށް މިނެޓް މަޑުގިނީގައި ކައްކާށެވެ. އެއަށްފަހު ބަތް ރަނގަޅަށް އެއްކުރާށެވެ.