ޓިއުޝަން ފީގެ ގޮތުގައި ބާލީގެ ކޮލެޖަކުން ކާށިވެސް ބަލައިގަނޭ!

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ އިޤްތިސާދީ ގޮތުން އަނދަވަޅަކަށް ވެއްޓި ޤައުމުތަކުގެ އެކި ސެކްޓަރ ތަކަށް ގެއްލުން ލިބިފައިވެއެވެ. އެގޮތުން މިކަމުގެ ސަބަބުން ތައުލީމީ ދާއިރާގައި ކިޔަވާ ކުދިންނަށްވެސް ނޭދެވޭ އަސަރެއްކޮށްފައިވާއިރު، ދަރިވަރުންނަށް އެކުދިންގެ ކޮލެޖް ފީތައް ނެދެއްކުމުގެ ސަބަބުން ކިޔެވުމާއި ދުރުވާންޖެހިފައި ތިބި ކުދިންވެސް ހުންނާނެކަން ގައިމެވެ.

ނަމަވެސް މުޅި ދުނިޔެއަށް މިސާލުދައްކާ އިންޑޮނޭޝިއާގެ މަޝްހޫރު ރަށެއްކަމުގައިވާ ބާލީގެ ކޮލެޖަކުން، ކޮވިޑް-19 ގެ މި ހާލަތުގައި އެތައް ކުދިންނެއް ކޮލެޖް ފީތައް ނުދެއްކުމަށް ނުކުޅެދުމުގެ ސަބަބުން، ފައިސާގެ ބަދަލުގައި ކޮލެޖްގެ ފީގެ ގޮތުގައި ކާށި ބަލައިގަންނަ ގޮތް ވަނީ ހަދައިފައެވެ.

މިގޮތަށް ހަދާފައިވަނީ، ހޮސްޕިޓަލަޓީ ކިޔަވައިދޭ ބާލީގެ ކޮލެޖެއް ކަމުގައިވާ "ދަ ވީނަސް ވަން ޓުއުރިޒަމް އެކެޑެމީ"އިން އެވެ. އެގޮތުން ފައިސާގެ ބަދަލުގައި ކާށިފަދަ ގުދުރަތީ އުފެއްދުންތައް ޓިއުޝަން ފީގެ ގޮތުގައި ބަލައިގަންއިރު، މި ކާށި ބޭނުންކުރާނީ ކާށި ތެޔޮ ހެދުމަށެވެ.

މި ކޮލެޖްގެ އޮފިޝަލަކު މީޑީއާއަށް ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުދިންނަށް ޓިއުޝަން ފީ ދެއްކުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެންމެ ފުރަތަމަ އެމީހުން ފަށައިފައިވަނީ އިންސްޓޯލްމެންޓް ޕްރޮގްރާމެކެވެ. ނަމަވެސް މިހާރު ހިންގާ ފްލެކްސިބަލް ޕޮލިސީގެ ދަށުން، މިހާރު އެމީހުން އުފައްދަނީ ކާށިތެޔޮ ކަމަށް ބުނެފައިވެއެވެ. އެހެންކަމުން ކާށިތެޔޮ އުފެއްދުމުގެ ތެރެއިން ދަރިވަރުން ބޭނުންކުރުމުގެ ގޮތުން، ދަރިވަރުންނަށް ކާށި ގެނެއުމުން އެކުދިންގެ ޓިއިޝަން ފީ ދެއްކޭގޮތަށް ހަމަޖައްސާފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.

މި އިންސްޓިޓިއުޝަންގެ މަޤުސަދަކީ، ގުދުރަތީ ބާވްތައް އެންމެ ރަނގަޅު ގޮތުގައި ބޭނުންހިފަން ދަސްކޮށްދީ ކުދިންގެ ހުނަރުތައް ކުރިއެރުވުމެވެ. އެގޮތުން ކާށީގެ އިތުރުންވެސް، ހާބަލް ސޯޕްފަދަ އުފެއްދުމަށް ބޭނުންކުރާ މުރަނގަފަތް ފަދަ ގުދުރަތީ ބާވަތްތަކުންވެސް ޓިއުޝަން ފީ ދެއްކޭނެކަމަށް ކޮލެޖުން ހާމަކޮށްފައިވެއެވެ.

މި ކޮލެޖަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިވާ ކޮލެޖެއްކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ގައިދުރުކަން އިހްތިޔާރުކުރުމަށް މިކޮލެޖުން ދަރިވަރުންނަށް ބާރުއަޅާއިރު، ދަރިވަރުން ކްލާސްތަކަށް ގެންދަނީވެސް ޝިފްޓްތަކަށް ބަހާލައިގެންކަމަށް މައުލޫމާތުލިބެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Kaashi

    Raahjeyga nukereyne thi Kahala kameh kuraakah mioh varah kaashi onnairu.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ