ފިއުލް ސަޕްލައިސް މޯލްޑިވްސް(އެފްއެސްއެމް) ފަރާތުން މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި އަލަށް ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ފިއުލް ޝެޑްގެ ކުރެހުން ތައްޔާރުކޮށް، ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުގެ ހުއްދަތައް ނަގާ، ބިލް އޮފް ކުއެންޓިޓީސް(ބީއޯކިއު) ތައްޔާރު ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މިއަދު އެފްއެސްއެމް އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ.
މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، 09 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރުމަށް އެފްއެސްއެމްއިން އެދިފައިވެއެވެ.
އެގޮތުން މެއިލް ކުރައްވާއިރު، ކުންފުނީގެ ނަން، ގުޅޭނެ ނަންބަރު އަދި އީމެއިލް، ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް އަދި ބީލަމުގެ ނަން ނުވަތަ އިޢުލާނު ނަންބަރ ހިމަނެމަށް އެފްއެސްއެމް އިން އެދިފައިވެއެވެ.
އެފްއެސްއެމް އިން ވިދާޅުވީ، ބީލަން ހުށަހަޅުއްވާނީ، 18 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން[email protected] އަށް މެއިލްގެ ޒަރީޢާއިން ކަމަށެވެ. \
އިންޑަސްޓްރިއަލް ޒޯނުގައި އެފްއެސްއެމް އިން ހިންގަމުން އަންނަ ޝެޑަކީ ވަގުތީ ގޮތުން 2019 ވަނަ ޙިދުމަތް ދޭ ފަށައިފައިވާ ޝެޑެކެވެ.




