މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ފަރިތަކުރުންތަކެއް ފުރިހަމަކުރުމުންދާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން އުމުރާގެ މަތިވެރި އަޅުކަން އަދާކޮށްފިއެވެ.
Alhamadhulillahi. Our Players and officials in Saudi Arabia performed Umrah today. May all mighty Allah accept their prayers. #greenboys #maziya #wearemaziya pic.twitter.com/BKRLRGfQph
— MAZIYA SPORTS (@MaziyaSr) June 1, 2019
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު މާޒިޔާ ސައުދީއަށް ފުރާފައި ވާއިރު މި ޓުރެއިނިން ދަތުރު ނިންމައި އެނބުރި ގައުމަށް އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
މާޒިޔާއިން ސައުދީއަށް ކުރާ ޓުރެއިނިން މި ދަތުރުގައި ރަހުމަތްތެރިކަމުގެ ދެ މެޗެއް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެންމެ ރަނގަޅަށް ދުރާލާ ތައްޔާރުވާން ފެށި ޓީމަކީ މާޒިޔާއެވެ. އެ ޓީމުން ވަނީ ދާދި ފަހުން އދ. މަހިބަދޫގައި ޕްރީ ސީޒަން ތަމްރީންތަކެއް ވެސް ފުރިހަމަކޮށްފައެވެ.